Advertisement
ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 14:13
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ޖުޑީޝަރީ ކޮމިޓީ
ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކުގެ ރިޕޯޓް ޖުޑީޝަރީ ކޮމިޓީއަށް
ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ދައުވާތަކުގެ ތަފްސީލްތައް ރިޕޯޓުގައިވޭ
ޖޭއެސްސީއިން މަޖިލީހަށް އެ ރިޕޯޓު ފޮނުވިއިރު 17 މައްސަލައެއް ހުށައަޅާފައިވޭ

ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމާފައިވާ މައްސަލަތަކަކީ ކޮބައިކަން ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ތަހުގީގަށްފަހު އެކުލަވާލި ރިޕޯޓު މަޖިލީހަށް ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ރިޕޯޓް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އާދީއްތަ ދުވަހު އެ ރިޕޯޓަށް މެމްބަރުން ބަހުސް ކުރެއްވުމަށް ފަހުއެވެ. ރިޕޯޓް ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ 68 މެމްބަރުންގެ ވޯޓާއެކު އެވެ.

ޖޭއެސްސީއިން މަޖިލީހަށް އެ ރިޕޯޓު ފޮނުވިއިރު17 މައްސަލައެއްހުށައަޅާފައިވީ ނަމަވެސް ބަހުސް މަރުހަލާގައި ރިޕޯޓަށް ވަނީ އިތުރު މައްސަލަތައް ހުށައަޅާފައެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ސުޕްރީމް ކޯޓުން މިހާތަނަށް ވެފައިވާ އެންމެ ބޮޑު އެއް ޚިޔާނާތަކީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރުން ކަމަށް ވިދާޅުވެ އެމައްސަލަ ރިޕޯޓަށް އިތުރު ކުރައްވާފައެވެ.

މީގެ އިތުރުން ވަކީލުންގެ އިތުރުން ރައްޔިތެއްވިއަސް ސުޕްރީމް ކޯޓުންކުރާ ކަމަކާއި މެދު ފާޑު ކިޔާލުމުން ޖިނާއީ ދައުވާ އުފުލަމުންދިޔަ މައްސަލައާއި، އަވަހާރަ ކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް ނުމެރުމަށް އަފްރާޝީމްގެ ވާރިސުން އެދިފައި ވަނިކޮށް އޭނާ މެރުމަށް ހުކުމް ކުރި މައްސަލަ ހިމެނެއެވެ.

Advertisement

އިންތިގެ އިތުރުން އެ ރިޕޯޓަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވެސް ވަނީ ހުށައެޅުންތައް ހުށައަޅުއްވާފައެވެ.

އަފީފު ވިދާޅުވީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާއި ފުރަތަމަ ފަހަރަށް ގާނޫނާއި ޚިލާފު ދުވަހަކީ 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއާއި އެކު ވަގުތީ ގޮތުން ސުޕްރީމް ކޯޓު އުފެއްދުމުން ވަގުތީ ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރެއް ނުހުންނާނެކަމަށް ކަނޑައެޅިގެން އުއްތަމަފަނޑިޔާރުގެ ނަންފުޅުގައި ކުރެއްވި ކަންތައްތައް ކަމަށެވެ. އެ މަސްއޫލިއްޔަތު އަވްދުﷲ ސައީދު ވަނީ އުއްތަމަ ފަނޑިޔާރުގެ ނަންފުޅުގައި ސިޓީއާއި ކަންތައްތައް ކުރެއްވި ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓުން ގާނޫނާއި ޚިލާފަށް އަމަލު ކުރި ފުރަތަމަ ދުވަސް ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް