Advertisement
ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 09:49
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2019
ބަޖެޓަށް 1.7 ބިލިޔަން އިތުރުކުރަން މަޖިލީހަށް
މި މައްސަލަ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ގުޅިގެން އެކުލަވާލެވޭ ކޮމިޓީއަކުން ދިރާސާ ކުރާނެ
މިއީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދައިދިނުމުގެ ގޮތުން ބަޖެޓަށް އިތުރުކޮށްފައިވާ އަދަދެއް
ބަަޖެޓަށް ފައިސާ އިތުރުކުރަން އެދުނީ ފިނޭންސް މިނިސްޓްރީން

ބަޖެޓަށް 1.7 ބިލިޔަން އިތުރުކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓަށް ފާއިސާ އިތުރުކުރަން އެދިފައިވާ ސިޓީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓާއި ގުޅޭ ކަންތައް ދިރާސާ ކުރަމުން އަންނަނީ، އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ގުޅިފައިވާ ކޮމީޓިއަކުން ކަމަށެވެ. އެހެންކަމުން މި މައްސަލަވެސް އެ ދެ ކޮމިޓީއާއި ގުޅިގެން އެކުލަވާލެވޭ ކޮމިޓީއަކުން ދިރާސާ ކުރާނެ ކަމަށެވެ. އަދި މާދަމާ މި ކަމާއި ގުޅިގެން އެކުލަވާލެވޭ ރިޕޯޓް ނިންމުމަށް އެދޭ ކަމަށާއި، މި ރިޕޯޓަށް މަޖިލީހުގެ ތަޅުމަށް މާދަމާ ރޭ ހުށަހަޅައި ބަހުސް ކުރަން ބޭނުންވާ ކަމަށެވެ.

Advertisement

އާދީއްތަދުވަހު ހަތަރުދަމު ބަޖެޓުގައި މަސައްކަތް ކުރަން ޖެހޭ. މާދަމާ އެ ރިޕޯޓު މަޖިލީހަށް ހުށަހަޅަން ޖެހޭނެ . މާދަމާ ރޭގެ ނިޔަލަށް އިސްލާހު ހުށަހެޅުމަށް ވަގުތު ދެވި އަދި އެ ރޭ އިތުރު ފައިސާ ހޯދުމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމަން އަމާޒު ހިފަން ޖެހޭ
މަޖިލީހުގެ ރައީސް ނަޝީދު

މަޖިލީހުން މި އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވަނީ30 ބިލިޔަން ރުފިޔާއެވެ. ސަރުކާރުން ބަޖެޓަށް އިތުރު ކުރަން އެދިފައިވަނީ 1،703.9 ( އެއް ބިލިޔަން ހަތް ސަތޭކަ ތިން މިލިޔަން އެއްލައްކަ ނުވަދިހަ އަށްހާސް ހަތްދިހަ) ރުފިޔާ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާއެކު މުޅި ޖުމްލަ ބަޖެޓްގެ އަދަދަކީ 31،954،904،612 ( އެއްތިރީސް ބިލިޔަން ނުވަ ސަތޭކަ ފަންސާސް ހަތަރު މިލިޔަން ނުވަ ލައްކަ ހަތަރު ހާސް ހަ ސަތޭކަ ބާރަ) ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް