ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 13:52
އަންނަ މަހު ރިޒީލްކުރުމަށް ހަމަޖައްސާފައިވާ "ބޭގަމް ޖާން"
އަންނަ މަހު ރިޒީލްކުރުމަށް ހަމަޖައްސާފައިވާ "ބޭގަމް ޖާން"
ގޫގުލް
ބޭގަމް ޖާން
"ބޭގަމް ޖާން" ސެންސަރުކޮށްފައި ވަނީ އާދައިގެ މިންވަރަކަށް: މުކެރްޖީ
 
މިއީ ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހުންނަ ނާސި ގެއެއްގެ ވާހަކަ

އަންނަ މަހު 14ގައި ރިލީޒްކުރުމަށް ހަމަޖައްސާފައިވާ "ބޭގަމް ޖާން" އާ މެދު ސެންސަރު ބޯޑުން އަމަލުކުރި ގޮތުން ހައިރާންވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މަހޭޝް ބަޓް އާއި ސްރިޖިތު މުކެރްޖީ ބުނެފިއެވެ.

ދެ ޕްރޮޑިއުސަރުން ބުނީ ހީކުރި ގޮތާ ޚިލާފަށް ސެންސަރު ބޯޑުން "ބޭގަމް ޖާން" އަށް ލުއިތަކެއް ދީފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެ ގޮތުން ކުރިން ކަނޑައިލާނެ ކަމަށް ބެލެވުނު ބައެއް ބަސްތައް ކަނޑާލާފައި ނުވާ ކަން އެ މީހުން ފާހަގަކުރިއެވެ.

މުކެރްޖީ ބުނީ ފިލްމުގެ ގޮތުންނާއި ފިލްމަށް ކޮންމެހެން މުހިންމު ބައެއް ތަންތަންކޮޅު ސެންސަރު ބޯޑުން ދޫކޮށްލި ނަމަވެސް އެ ބަސްތަކާއި ތަންތަންކޮޅަކީ އެހެން ފިލްމެއް ނަމަ ސެންސަރު ކުރާނެ ބައިތަކެއް ކަމަށެވެ. ފިލްމު ސެންސަރުކޮށްފައިވާ ގޮތާ މެދު ސުވާލުކުރުމުން މުކެރްޖީ ބުނީ "ދެން އާދައިގެ ގޮތެއް" ކަމަށެވެ.

މުކެރްޖީ އާއި މަހޭޝް ބަޓް ޕްރޮޑިއުސްކޮށްފައިވާ "ބޭގަމް ޖާން" ޑައިރެކްޓް ކޮށްފައި ވަނީ ވެސް ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ މުކެރްޖީ އެވެ.

ބޮލީވުޑްގައި ތަފާތު ރޯލުތަކުން ފެނިގެން ގޮސްފައިވާ ވިދްޔާ ބާލަންގެ މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގައި ހުންނަ ނާސި ގެއެއްގައި ދިރިއުޅޭ އަންހެނުންތަކެއްގެ ވާހަކައެވެ. މި ގެ އެއްފަޅި އިންޑިއާގައި ހުންނަ އިރު އަނެއް ފަޅި ހުންނަނީ ޕާކިސްތާނުގައެވެ. މިއީ ބެންގާލް ޑްރާމާއެއް ކަމަށްވާ "ރާޖްކަހާނީ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ނަސީރުއްދީން ޝާހް އާއި، ވިވެކް މުޝްރާން، ޗަންކީ ޕާންޑޭ، ޕޫނަމް ސިންގް ރާޖްޕޫތު، ރިދީމާ ތިވާރީ، ފްލޯރާ ސައިނީ، ޕްރިޔަންކާ ސަތިއާ، މިޝްތީ ޗަކްރޮބަތީ، ސުމިތު ނިޖާވަން، ޕްރިތިބާޝް އަދި ރާޖޭޝް ޝަރްމާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް