އައްޑޫ ސިޓީ ކައުންސިލުން މާލޭގައި ތިބި އައްޑޫގެ ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގެ އިތުރުން އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިވެލެއްވިއެވެ. އަދި އައްޑޫ ސިޓީގެ ގިނަ ރައްޔިތުންނެއް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ސާދިގު ވިދާޅުވީ މިފަދަ ބައްދަލުވުމެއް ބޭއްވުމަށް ވޭތުވެ ދިޔަ ތާންގައި ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސާދިގު ވަނީ މީގެ ހަ އަހަރު ކުރިއާ މިހާރާއި އައްޑޫގެ ހާލަތު އޮތް ގޮތާއިމެދު ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.
އޭނާ ވިދާޅުވީ، ފާއިތުވި ހަ އަހަރު ދުވަހު ރަށްތަކަށް ދޭންޖެހޭ ހިދުމަތް ދެވިފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށާ އެކަން ބަދަލުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވުޖޫދަށް އައިފަހުން ކަމަށެވެ.
އެހެންނަމަވެސް މިކަން ބަދަލުވެގެން އައީ މިހާރު މިއޮތް ސަރުކާރު ރައީސް ކަމާ ހަވާލުވުމާއެކު، ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން ނިންމެވި ލާމަރުކަޒީ ގާނޫނެއް ގެނެސްފައިމިއޮތީ ނޭދެވޭ ބަދަލުތައް ބަދަލުކޮށް ރަށްރަށުގެ ރައްޔިތުންނަށް އަލުން ކައުންސިލުތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް
މިއަހަރު އައްޑޫގައި ކުރިއަށްދާ ބައެއް މަޝްރޫއުތަކާ ބެހޭގޮތުން އޭނާ ވަނީ ވާހަކަދައްވާފައެވެ. ފޭދޫގެ ފެން ހިންދުމުގެ ނިޒާމާއި ހުޅުދޫ މީދޫގެ ބޮޑުމަގު ހެދުމުގެ މަޝްރޫއު އަދި މީދޫ އާއި މަރަދޫ ފޭދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން މިފަދަ ބައްދަލުވުމެއް އައްޑޫގެ "ދަރުބާރުގެ" އެއްގައި ބޭއްވުމަކީ އޭނާ އުއްމީދު ކުރައްވާ ކަމެއް ކަމަށް ސާދިގު ވިދާޅުވިއެވެ.