ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 22:59
ވެންޑައިކް
ވެންޑައިކް
ގެޓީ އިމޭޖަސް
ވެންޑައިކް
ވެންޑައިކްގެ މުސާރަ ދެގުނަ ބޮޑުކުރަނީ
ވެންޑައިކް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ލިވަޕޫލްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރ ވެންޑައިކްގެ މުސާރަ ދެގުނަ ބޮޑުކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ވެންޑައިކްއަށް މިހާރު ހަފްތާއަކު ލިބޭ 125،000 ޕައުންޑުގެ މުސާރަ 250،000 ޕައުންޑަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެންޑައިކްގެ މުސާރަ ބޮޑުކޮށް، އޭނާގެ އެއްބަސްވުން އާކުރަން ވަނީ ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 28 އަހަރުގެ ވެންޑައިކް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި އަހަރުތަކެއް ބާކީ އެބަ އޮތެވެ.

ސައުތުހެމްޕްޓަން ދޫކޮށް 75 މިލިއަން ޕައުންޑަށް 2017 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލަށް ވެންޑައިކް ބަދަލުވެފައިވާއިރު، އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 76 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ.

ވެންޑައިކް ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި އެޓީމާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަވެސް ހޯދާފައެވެ.

ނެދަލޭންޑްސްއާއެކު ޔުއެފާ ނޭޝަންސް ލީގުގެ ދެވަނަ ހޯދާފައިވާ ވެންޑައިކް ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 28 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ސެލްޓިކްގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2013 ވަނަ އަހަރުގެ ސީޒަނުގައި ހޯދާފައިވާ ވެންޑައިކް ވަނީ ސައުތުހެމްޕްޓަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2015 ވަނަ އަހަރުގެ ސީޒަނުގައި ހޯދާފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލް އަދި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް