Advertisement
ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 13:35
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ޓްވިޓަރ
ޖުޑިޝަލް އެކްސްޗޭންޖް އޮން އޮލްޓަނޭޓިވް ޑިސްޕިއުޓް
އަރބިޓްރޭޝަން ސެންޓަރަކީ ލިބުނު ބޮޑު ކުރިއެރުމެއް: އުއްތަމަ ފަނޑިޔާރު
ކޮމާޝަލް ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެއްވި
މީޑިއޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި

މޯލްޑިވްސް އިންޓަނޭޝަނަލް އަރބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އަކީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެެވެ.

ހޮނިހިރު ދުވަހު ހޮޓެލް ޖެންގައި ފެށި ޖުޑިޝަލް އެކްސްޗޭންޖް އޮން އޮލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ސެމިނަރ ގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމްއައިއޭސީ ވުޖޫދަށް އައުމަކީ ރާއްޖޭއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރައި ފުޅާވެ ރާއްޖޭގެ ހިއްސާ ދުނިޔޭގެ ބާޒާރުގައި އިތުރުވެ ބޭރުގެ ގިނަ އިންވެސްޓްމެންޓްތައް ރާއްޖެއަށް ލިބެމުން އަންނަަަކަން ފާހަގަ ކުރެއްވިއެވެ.

Advertisement

ޝަރުއީ ދާއިރާގެ ތަފާސް ހިސާބުތަކަށް ބަލާލިއަސް ކޮމާޝަލް ކޭސްތައް އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ޑރ. ދީދީ ވިދާޅުވީ، ކޮމާޝަލް ކޭސް ތަކުގައި އަމަލުކުރާ ގޮތް ކުރިޔަށް އޮތްތާގައި ކޯޓުތަކުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖޭގެ އަރބިޓްރޭޝަން ސެންޓަރަކީ ލޭންޑް މާކެއް. އެނގިވަޑައިގަންނަވާނެހެން ރާއްޖޭގެ އިގްތިސާދު ދަނީ ކުރި އަރަމުން. ރާއްޖެއަށް ލިބޭ ބޭރުގެ އިންވެސްޓްމެންޓްތައް ވަނީ ގިނަވެފައި. ކޯޓުތަކުން ބަލާ ކޮމާޝަލް ކޭސްތައް ދަނީ ގިނަވަމުން
ޑރ. އަހުމަދު އަބްދުﷲ ދީދީ ~ އުއްތަމަ ފަނޑިޔާރު~

2011 ވަނަ އަހަރުގެ މާޗް މަހު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިންތިޒާމް ކޮށްގެން ވަކީލުންނަށާއި، ފަނޑިޔާރުންގެ އިތުރުން ކޯޓުތަކުގެ މުވައްޒަފުންނަށް ބޭއްވި ވޯކްޝޮޕް އަކީ ވަރަށް ކާމިޔާބު ވޯކްޝޮޕެއްކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭގެ ސަބަބުން ކޯޓުތަކުގެ ނިޒާމަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

އެގޮތުން ކޯޓުގައި ހުރި މައްސަލަތައް ބެލުމަށް ހެދި ރިޕޯޓުގައި ރާއްޖޭގައި މީޑިއޭޝަން ސެންޓަރެއް ހެދުމަށް ލަފާދީފައިވާ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ. މީޑިއޭޝަން ސެންޓަރެއް ގާއިމްކުރެވޭނެ ގޮތްތައް ބެލުމަށް ޔޫއެންޑީޕީން ފަންޑުކޮށްގެން ބައިނަލްއަގްވަމީ ކޮންސަލްޓެންޓެއް ކަމަށްވާ ބްރެންޑާ ޕްރެންޗް 2012 ވަނަ އަހަރު ރާއްޖެ ވަޑައިގެން ޝަރުއީ ދާއިރާގެ ގިނަ ފަރާތްތަކާއި އެކު ގިނަ މަޝްވަރާތަކެއް ކުރައްވިއެވެ.

މީޑިއޭޝަން ސެންޓަރެއް ގާއިމްކުރާ ޕްލޭންއާ އެއްކޮށް ކުރިޔަށް ދިޔުމަށް ބްރެންޑާ ހެދި ރިޕޯޓުގައި ވަނީ ބުނެފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އިންޑިއާގެ ބަޔާކާއި ގުޅިގެން މީޑިއޭޝަން ސެންޓަރު ގާއިމްކުރުމާއި ބެހޭ ގޮތުން މަޝްވަރާތައް ކުރެވުނު ކަމަށާއި، އެހެން ނަމަވެސް ވަކި ހިސާބަކުން އެ ޕްލޭން ކުރިޔަށް ނުގެން ގޮސް ހުއްޓާލީ ކަމަށެވެ. ކޮމާޝަލް ކޭސް ތަކުގެ މުހިއްމު ކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަލުވާލައްވާފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް