Advertisement
ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 08:27
ޕްލޭނިންގް މިނިސްޓަރ އަހްމަދް އަސްލަމް އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަނީ
ޕްލޭނިންގް މިނިސްޓަރ އަހްމަދް އަސްލަމް އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް
ދީނީ އިލްމާއި ދުނިޔެވީ އިލްމު އެކައްޗެއްގެ ގޮތުގައި އަންނަން ޖެހޭ: މިނިސްޓަރ އަސްލަމް
މިނިސްޓަރ ވިދާޅުވީ އިލްމު އެއީ ތަފާތު މީހަކަށް ތަފާތު އެއްޗަކަށް ނުވުން މުހިއްމު ކަމަށް
"ހައުސް އޮފް ވިސްޑަމް" ގެ ނަމުގައި ރީސާރޗް ކުރާ ތަނެއް އެޅުއްވުމުގެ ވިސްނުންފުޅު އެބަހުންނެވި ކަމަށް ވިދާޅުވި

ދީނީ އިލްމާއި ދުނިޔެވީ އިލްމު އެކައްޗެއްގެ ގޮތުގައި، އެއްތަނެއްގެ ދަށުން އަންނަން ޖެހޭ ކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ހުކުރު ދުވަހު އޮތް އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އިލްމު އެއީ ތަފާތު މީހަކަށް ތަފާތު އެއްޗަކަށް ނުވުން މުހިއްމު ކަމަށެވެ. އަދި އިލްމަކީ ކޮންމެ ޒާތެއްގެ އިލްމަކަށް ވީނަމަވެސް އެ އިލްމެއް ވާން ޖެހޭނީ ދީނާއި ފުށު ނާރާ އިލްމަކަށް ކަމަށެވެ.

Advertisement

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ހައުސް އޮފް ވިސްޑަމް" ގެ ނަމުގައި ސައިންޓިފިކް ރީސާރޗް ކުރާ ތަނެއް އެޅުއްވުމުގެ ވިސްނުންފުޅު އެބަހުންނެވި ކަމަށް ވިދާޅުވިއެވެ. އަދި މިތަނަށް "ހައުސް އޮފް ވިސްޑަމް" ގެ ނަން ދެވުނީ، މި ތަނަކީ ވަކި ވައްތަރެއްގެ އިލްމަށް ޚާއްސަ ތަނަކަށް ނުހެދުމުގެ ބޭނުމުގައި ކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"ހައުސް އޮފް ވިސްޑަމް" އާއި ބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، 8 ވަނަ ގަރުނާއި 12 ވަނަ ގަރުނުގެ މެދަކީ އިސްލާމީ އުއްމަތުގެ ރަންޒަމާން ގޮތުގައި ސިފަ ކުރެވުނު ޒަމާން ކަމަށެވެ. އެގޮތުން ބަގްދާދުގައި އޭރު ހުރި "ބައިތުލް ހިކްމާ" ނުވަތަ " ހައުސް އޮފް ވިސްޑަމް" އަށް އޭރު ޔޫރަޕް އަދި މެދު އިރުމަތީގެ އެންމެ ފުންނާބު އުސް، ހުރިހާ ވައްތަރެެއްގެ އިލްމުވެރިން ޖަމާވެ އުޅުނު ކަމަށެވެ. އިބްނު ސީނާ އެއީ ފިގުހު އިލްމުވެރިއަކަށް ނުވި ކަމުގައި ވިޔަސް އޭނާ އަކީ އިސްލާމީ އުއްމަތުން އިލްވެރިއެއްގެ ގޮތުގައި ބަލައިގަތް މީހެއް ކަމުގައި ވެސް ވިދާޅުވިއެވެ. މިޒަމާނުގައި ވެސް އިބުނު ސީނާ "ފާދަރ އޮފް އޮޕްޓިކަލް ސައިންސް" ގެ ގޮތުގައި ސިފަ ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިއީ ވަރަށް ވިސްނުން ތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިއީ އިލްމީ ގޮތުން ބައިބައިވުން ނައްތާލާ އެކަތިގަނޑަކަށް ހަދާ، ވަކި ގޮތަކަށް ވިސްނުން ބައްޓަން ކުރުމުގެ ވިސްނުން ނައްތާލުމަށް ވަރަށް އިސްކަމެއްދެއްވައިގެން ކުރަމުން ދާ މަސައްކަތެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް