Advertisement
ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 09:19
ރައީސް މައުމޫނު އަބްދުއް ޤައްޔޫމް، ރައީސް ޔާމީނާއި ސަލާންކުރައްވަނީ -- ސަރުކާރުން އަންނަނީ ރައީސް މައުމޫނަށްވެސް ފިއްތުންތައް ކުރިމަތިކުރުވަމުން
ރައީސް މައުމޫނު އަބްދުއް ޤައްޔޫމް، ރައީސް ޔާމީނާއި ސަލާންކުރައްވަނީ -- ސަރުކާރުން އަންނަނީ ރައީސް މައުމޫނަށްވެސް ފިއްތުންތައް ކުރިމަތިކުރުވަމުން
ރާއްޖެ އެމްވީ
ކުރީގެ ރައީސުންގެ އިނާޔަތް
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
ރައީސުންނަށް ސެކިއުރިޓީ ދިނުމަކީ ޤާނޫނު ލާޒިމްކުރާ ކަމެއް
ރަައީސް މައުމޫނު އިންޑިއާއަށް ފުރާވަޑައިގެންނެވީ ސެކިއުރިޓީ ނެތި

ސަރުކާރާ ހިޔާލުތަފާތުވުމުން, ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށްދޭ ސެކިއުރިޓީ ދިނުން ހުއްޓާ ނުލެވޭނެ ކަމަށާއި، ރައީސް މައުމޫނަށް ސެކިއުރިޓީ ދޭންޖެހޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

 

ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި އަބްދުﷲ ރިޔާޒް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ތިއްބެވި، ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދިނުމަކީ ޤާނޫނު ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި ސަރުކާރާ ހިޔާލުތަފާތުވުމަކީ ސެކިއުރިޓީ ދިނުން ހުއްޓަލްނޖެހޭ ސަބަބެއް ނޫންކަމަށް ރިޔާޒް ވިދާޅުވި އެވެ.

 

 

އިންޑިއާއަށް ކުރައްވާ އަމިއްލަ ދަތުރުފުޅެއްގައި ރައީސް މައުމޫން ފުރާވަޑައިގަތީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެމަނިކުފާނު ފުރާ ވަޑައިގެންނެވީ ސެކިއުރިޓީ ހަމަޖައްސައިނުދިނުމުގެ ސަބަބުން، ސެކިއުރިޓީއައި ނުލާ އެވެ.

 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ ހަށިފާރަވެރިންނަށް އެމަނިކުފާނާއި އެކު ދަތުރުނުކުރެވޭނެކަން އެމްއެންޑީއެފް އިން އަންގާފައިވަނީ އެއާޕޯޓްގެ ވީއައިޕީ ލޯންޖްއާ ހަމައިންނެވެ. ހަށިފާރަވެރިންނަށް ރައީސް މައުމޫނާއި އެކު ދަތުރު ނުކުރެވޭނެ ސަބަބު އަންގާފައި ނުވިޔަސް ވީއައިޕީ ލޯންޖްއާ ހަމައިން އެމީހުންގެ އަތުގައި ހުރި ޓިކެޓާއި އެނޫން ވެސް ދަތުރަށް ބޭނުންވާނެ ލިޔުންތައް ވަނީ އަތުލާފައެވެ. ހަށިފާރަވެރިންގެ އަތުން ޓިކެޓާއި ލިޔެކިޔުންތައް އަތުލުމަށް އެމީހުން ލަގެޖް ވެސް ވަނީ ޗެކިން ކުރުމަށް ފަހު އަލުން އަނބުރާ ނެރެފައި ކަމަށް ވެސް އެނގިފައި ވެއެވެ.

 

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ އެމްއެންޑީއެފް އޮފިސަރުންނަށް އެމަނިކުފާނާ އެކު ރާއްޖޭން ބޭރަށް ނުފުރޭނެ ކަމަށް އަންގާފައިވާ އިރު، މީގެ ކުރިން އުސޫލުތަކަށް ގެނެވުނު ބަދަލަކާއި ގުޅިގެން ކަމަށް ބުނެ، ރައީސް މައުމޫންގެ ސެކިއުރިޓީގެ ގޮތުގައި އެމަނިކުފާނުގެ ކާރުކޮޅާ އެކު ދަތުރުކުރާ އެމްއެންޑީއެފްގެ ވެހިކަލް ވެސް ވަނީ ދަތުރުކުރުން ހުއްޓުވާލާފައެވެ.

 

ބުދަ  ދުވަހު ދަތުރުފުޅުގެ ކުރިން ނޫސްވެރިންނަށް މައުލުމާތުދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ސަރުކާރުންކޮށްފާނެ ކަމަކަށް ބިރު ނުގަންނަ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ހައްޔަރުކޮށްފާނެތީވެސް ބިރު ނުގަންނަ ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ ކަންތައްތައްދާގޮތުން އެމަނިކުފާނު ހައްޔަރުކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިނުވާކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 މާރޗް 2017 | ބުރާސްފަތި 11:37
ޙުއްބުލްވަޠަން
އެބަރަނގަޅުވޭ ...... ބޮޑުމަންޒަރު ފެންނަން ކައިރިވަނީ