Advertisement
ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 08:59
މަސީހުގެ އިތުބަރު ނެތްކަމަށް ހުށައެޅި ބައެއް މެމްބަރުން -- (ވ) ނޮޅިވަރަމް ދައިރާގެ މެމްބަރު ހުސެއިން އަރީފް
މަސީހުގެ އިތުބަރު ނެތްކަމަށް ހުށައެޅި ބައެއް މެމްބަރުން -- (ވ) ނޮޅިވަރަމް ދައިރާގެ މެމްބަރު ހުސެއިން އަރީފް
ރާއްޖެ އެމްވީ
ޕާޓީން ވަކިކުރުން
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
އެމްޑީއޭއިން މީގެކުރިންވެސް ހުސެއިން އަރީފަށް ފިޔަވަޅު އެޅުމަށް ނިންމާފައިވޭ

ނޮޅުވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އިސްލާހަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަސައްކަތަކީ، "ޤައުމަށް ގައްދާރުވަމުން" ކަމަށް ބުނެ، އޭނާ ޕާޓީގެ މެމްބަރުކަމުން ވަކިކުރާނެ ކަމަށް، އެމްޑީއޭއިން ބުނެފި އެވެ.

 

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ، މެމްބަރު ހުސެއިން އަރީފްއަކީ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދުގެ އެމްޑީއޭގައި ހުންނެވި މެމްބަރެކެވެ. އޭނާ އެމްޑީއޭއާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީން ވަކިވުމަށް ފަހު އެވެ. 

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައިވެސް ހުސެއިން އަރީފް ހިމެނިވަޑައިގަންނަވައެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ، ހުސެއިން އަރީފް ޤައުމަށް ގައްދާރުވަމުން އަންނަ ކަމަށެވެ. އަދި ގައްދާރުން ގެންގުޅުމަކީ އެ ޕާޓީގެ އުސޫލެއް ނޫންކަމަށާއި، އެފަދަ ފަރާތްތަށް ޕާޓީން ބޭރުކުރާނެ ކަމަށެވެ.

 

އެހެންކަމުން މިއަދުގެ ވަގުތެއްގައި އޭނާ ޕާޓީން ވަކިކުރާނެ ކަމަށް އަލީ މައުރޫފު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ހުސެއިން އަރީފް ޕާޓީން ވަކިކުރިކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވެއެވެ.

 

އެމްޑީއޭގައި ހުންނަވާ ރައީސް ޔާމީނަށް އެންމެ ފާޑުގައި ފާޑުވިދާޅުވާ މެމްބަރުންގެ ތެރޭގައި ހުސެއިން އަރީފް ހިމެނިވަޑައިގަންނަވަ އެވެ. ހުސެއިން އަރީފް ސިފަކުރާގޮތުގައި ރައީސް ޔާމީނަކީ، އަނިޔާވެރި، އަދި ހުދުމުތާރުވެރިކަމެއް ކުރައްވާ ބޭފުޅެކެވެ.

 

ހުސެއިން އަރީފް ވަނީ ޕީޕީއެމް ދެ ފެކްޝަނަކަށް ބެހުނު ވަގުތު، އެމްޑީއޭއާ ފެއަށް ޖެހިވަޑައިގެން ހުސައިން އަރީފް ހިޔާރު ކުރެއްވީ ރައީސް މައުމޫނު އަބްދުއްޤައްޔޫމް ފެކްޝަނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 މާރޗް 2017 | ހުކުރު 00:32
ނިޔާޒް
ދެއުޅި ހަމަނުވާ މީހުން