ގާނާގެ ގައުމީ ޓީމުގެ އިތުރުން ނޮޓިންގްހަމް ފޮރެސްޓް އަދި ބްރިސްޓަލްއަށް ކުޅުނު ފޯވާޑް އަގޯގޯ އުމުރުން 40 އަހަރުގައި މަރުވެއްޖެއެވެ.
ޝެފިލްޑް އިން ސީނިއާ ކެރިޔާ ފެށި އަގޯގޯ ވަނީ ގައުމީ ޓީމަށް 27 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ.
އަގޯގޯގެ އާއިލާއިން 2015 ވަނަ އަހަރު ބީބީސީ އަށް ދިން އިންޓަވިއުގައި އޭނާގެ އާއިލާގެ މެމްބަރެއް ބުނީ އަގޯގޯ އަށް 2015 ވަނަ އަހަރު ޖެހުނު ސްޓްރޯކްގެ ސަބަބުން ވާހަކަދެއްކުމަށް އުނދަގޫތަކަކާ ދިމާވާ ކަމަށެވެ.
އަގޯގޯގެ ކުރީގެ ކްލަބް ޝެފިލްޑް އިން ބުނީ އަގޯގޯގެ މަރުގެ ހަބަރުގެ ސަބަބުން އެޓީމުން އެކަމާއި ހިތާމަ ކުރާ ކަމަށާއި އެ ޓީމުން މި ހިތާމައިގައި ބައިވެރިވާކަމަށެވެ.
އަގޯގޯ ވަނީ މަސްހޫރު ގިނަ ކްލަބްތަކަކަށް ކުޅެދީފައެވެ. އެގޮތުން އިނގިރޭސި ކްލަބް ބެނެޓްގެ އިތުރުން ޗެސްޓަރ ފީލްޑަށް ކުޅެ އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދައިފައެވެ.
ބެނެޓްއަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން އެ ކްލަބުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެފަހަރު ހޯދައިފައިވާ އަގޯގޯ ވަނީ ބެނެޓް އަށް ކުޅުނު 39 މެޗުގައި 21 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.
1997 ގައި ސީނިއަރ ކެރިޔަރ ފެށި އަގޯގޯ ވަނީ އޭނާގެ ކެރިޔަރުގައި 15 ކްލަބަށް ކުޅެފައެވެ. އޭނާ ވަނީ ކުޅުނު 350 މެޗުން 113 ލަނޑު ޖަހައިފައެވެ. އޭނާގެ ކެރިޔަރ ނިންމައިލި ކްލަބަކީ ސްކޮޓްލޭންޑްގެ ކްލަބް ހިބްސްއެވެ.