އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އައި ކަމުގައިވިޔަސް ސަޕޯޓަރުން ކެތްތެރިވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ޗެލްސީގެ ކޯޗު ލަމްޕާޑު ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ލެސްޓަސިޓީ އަތުން އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ލަމްޕާޑު ބުނީ ލެސްޓާ މެޗުގެ ނަތީޖާގެ ސަބަބުން ޔުނައިޓެޑް މެޗުން ލިބުނު މާޔޫސްކަން ފިލައިގެން ގޮސްފި ކަމަށާއި ލީގުގައި ކުޅުނު މެޗުތަކުގައި އޭނާގެ ޓީމު ފުރަތަމަ 60 މިނެޓުގައި މޮޅަށް ކުޅޭކަމަށެވެ.
ޓްރާންސްފަރ މާކެޓުގައި ކުޅުންތެރިއެއް ނުގެނެވުމުން އެކަން ޓީމުން ދަށްކާކަމަށް ބުނަމުން ލަމްޕާޑު ބުނީ އެކަމުގެ ސަބަބުން ރަނގަޅު ޓީމެއް ބިނާ ކުރަން އުނދަގޫވެފައިވާ ކަމަށެވެ.
ލަމްޕާޑު މިހާތަނަށް ޗެލްސީއަށް ތިން މެޗުގައި އިރުޝާދު ދީފައި ވާއިރު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
ލަމްޕާޑު އިތުރަށް ބުނީ އޭނާގެ ޓީމު މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އޭނާގެ ޓީމުގެ ފަރާތުން ތަފާތު ފެނިގެން ދާނެކަމަށެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. އަދި ސުޕަ ކަޕްގައި ލިވަރޕޫލް އަތުން ޗެލްސީ ބަލިވީ ޕެނަލްޓީގައެވެ.