Advertisement
ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 08:15
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝުއައިބް މުހައްމަދު އިގްބާލް
ފަލަ ސުރުޚީ
1 ފެބްރުއަރީގެ އަމުރަށް ތަބާވާކަށް ނުޖެހޭ، ސަލާމަތީ ޚިދުމަތްތަކުން ކަންކުރީ އެކަން ކުރަންޖެހޭ ގޮތަށް: ޝަރީފް
ސްޕްރީމް ކޯޓުގެ ކޮންމެ ނިންމުމަކީ ސައްޚަ ނިންމުމެއް ކަމަށް އެމްޑީޕީ ބޭފުޅުންވެސް ޤަބޫލެއް ނުކުރައްވާކަމަށް ވިދާޅުވި
1 ފެބްރުއަރީގެ ކޯޓް އަމުރަކީރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބަޔަކު ރާވައިގެން ކުރަން އުޅުނު ބަޣާވާތެއް ކަމަށް ވިދާޅުވި

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރައް ތަބާވާން ނުޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 01 ފެބްރުއަރީގެ ކޯޓު އަމުރަކީ ކަނޑައެޅިގެން ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލާ، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބަޔަކު ރާވައިގެން ކުރަން އުޅުނު ބަޣާވާތެއް ކަމަށެވެ.

ސަލާމަތީ ޚިދުމަތްތަކުން އެދުވަހު އެޅުއްވި ފިޔަވަޅުތައް އަޅުއްވާފައިވަނީ އެބޭފުޅުންގެ އަތުގައި ހުރި ހެކިތަކާއި އެބޭފުޅުންނަށް ލިބިވަޑައިގެންފައި ހުރި މައުލޫމާތާއި އަދި އެބޭފުޅުން މިހާތަނަށް ވެސް ޕްރެކްޓިސް ކުރައްވަމުން އައިސްފައި ހުރި ސްޓެންޑާރޑް އޮޕަރޭޝަނަލް ޕްރޮސިޖަރ ގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ނޫންނަމަ މި ސަރުކާރުން އެކަންތައްތައް ތަހުގީގު ކޮށް މައްސަލައެއް އޮވެއްޖެނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

"އެވަރުގެ ބޮޑު ބަޣާވާތެއްކޮށް ޚާއްސަކޮށް ޖުޑިޝަރީން އެހާވަރުގެ ކަމެއް ކުރަމުން ދިޔުމުން އަޅުގަނޑު ދަންނަވާނީ ދެން ސަލާމަތީ ޚިދުމަތްތަކުން އެކަން ކުރެއްވުމުގައި އެއީ އެކަން ކުރެވޭނެ ގޮތަށޭ ހަމަ ކުރައްވާފައި އޮތީ. އެކަން ކުރެއްވުމުގައި ފުލުހުންނާއި ސިފައިންގެ މަސައްކަތަށް މިއަދުވެސް ސެލިއުޓް ނަގަން"
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު

މީގެ އިތުރުން ޝަރީފް ވިދާޅުވީ 1 ފެބްރުއަރީގެ ކޯޓު އަމުރަށް ތަބާނުވާ ވާހަކަ ދައްކާއިރު މިވެރިކަމުގައި ވެސް ކޯޓު އަމުރުތައް އައިސްފި ކަމަށާއި އެއަށް ތަބާނުވާ ކަމަށެވެ.

އެކަމުން ދޭހަކޮށްދެނީ ރާއްޖޭގައި މިހާރު އޮތް ދައުލަތުގެ ނިޒާމްތައް ރޭވިފައި އޮތް ގޮތަށް ބަލާއިރު ސްޕްރީމް ކޯޓަކީ ވެސް ހުރިހާ ކަމެއްގައި އެންމެ ފަހުބަސް ބުނާ ތަން ނޫން ކަމަށެވެ.

ސްޕްރީމް ކޯޓުގެ ކޮންމެ ނިންމުމަކީ އެއީ ސައްޚަ ނިންމުމެއް ކަމަށް އެމްޑީޕީ ބޭފުޅުން ވެސް ޤަބޫލެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހުރިހާ ކަމެއްގައި އިސް ބަސް ބުނާނީ ސްޕްރީމް ކޯޓުން ނޫން ކަމަށާއި ރާއްޖޭގެ އެންމެ އިސް ބަސް ބުނަން އޮންނަ އެއްޗަކީ ޤާނޫނު އަސާސީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް