Advertisement
ކ. މާލެ
|
8 މާރޗް 2017 | ބުދަ 22:54
އިލެކްޝަނަސް ކޮމިޝަންގެ އިދާރާ
އިލެކްޝަނަސް ކޮމިޝަންގެ އިދާރާ
ގޫގުލް
ކައުންސިލް އިންތިހާބު
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
މޮބައިލް ސްޓޭޝަންތައް ބަހައްޓާފައި ހުރީ ހުޅުމާލެ އާއި ވިލިމާލެ ފެރީ ޓަރމިނަލްގައި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ މީހުން ރީ ރެޖިސްޓަރ މޮބައިލް ސްޓޭޝަންތަކުން ފޯމު ދޫކުރުމާ ބަލައިގަތުމުގެ ސުންގަޑި މާދަމާ 9 މާޗް ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް އަވަސްކޮށްފައިވާ ކަމަށެވެ.  

މޮބައިލްސްޓޭޝަންތައް ބަހައްޓާފައި ހުރީ ހުޅުމާލެ އާއި ވިލިމާލެ ފެރީ ޓަރމިނަލްގައެވެ.

އެ ދެ ސްޓޭޝަނުން ބުރާސްފަތި ދުވަހު ހަވީރު 15:00 ކަމަށްވިޔަސް ބާ ޖަމާލުއްދީނުން އެ ފޯމު ބަލައިގަތުން ކުރިޔަށް ދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް