Advertisement
ކ. މާލެ
|
8 މާރޗް 2017 | ބުދަ 21:50
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ހދ މަކުނުދޫ
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
މި މަސައްކަތް 10 މަސް ތެރޭ ނިންމަން ޖެހޭ

ހދ.މަކުނުދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 10 ކްލާސްރޫމް ހިމެނޭ  ދެ ބުރި އިމާރާތުގެ މަސައްކަތް ފެށުމަށް ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއެކު އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބުދަ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް،  އިބްރާހިމް އިސްމާއިލް އަލީ އެވެ. ސްވިފްޓް އިންޖްނިއަރިންގް ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ މުހައްމަދް ޒުބައިރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ މި މަޝްރޫއު އާއިއެކު ޕީ.އެސް.އައި.ޕީގެ ތެރެއިން މިހާރު ޖުމްލަ 50 މަޝްރޫއުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި، އެއީ 319 ކްލާސްރޫމް، 12 ހޯލް، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 23 އުމްރާނީ ވަސީލަތްތައް ކަމަށެވެ. މި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 261 މިލިއަން ރުފިޔާ ކަމަށް އިބްރާހީމް އިސްމާއިލް ވިދާޅުވި އެވެ.

މަކުނުދޫ ސްކޫލްގެ އާ އިމާރާތް އެޅުމަށް ސްވިފްޓް އިންޖިނިއަރިންގ އާއި ހަވާލުކޮށްފައިވަނީ 9.6 މިލިއަން ރުފިޔާ އަށެވެ. އެފަރާތާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށެވެ.

މަކުނުދޫގައި ގްރޭޑް 1 ން 10 އަށް 335 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް