ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 19:25
އަޝްފާގް
އަޝްފާގް
ގޫގުލް
އަޝްފާގް
އުއްމީދަކީ އަޝްފާގް ގައުމީ ޖާޒީގައި ފެނުން: އިމްރާން
އިމްރާނާއި އަޝްފާގު ވަނީ އެކުގައި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފަ

އުއްމީދަކީ އަޝްފާގް ގައުމީ ޖާޒީގައި ފެނުން ކަމަށް އަޝްފާގާ އެކު ގިނަ ދުވަސްތަކެއް އެކީ ކުޅެފައިވާ ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.

އިމްރާން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބުނީ ތަޖުރިބާ ހޯދަން ގައުމީ ޓީމު ބޭނުން ކުރުމަށްވުރެ، އޭޖް ގްރޫޕް ތަކުގެ ޓީމުތަށް ތަޖުރިބާ ހޯދަން ބޭނުން ކުރުން މާ ރަނގަޅު ވާނެ ކަމަށާއި، ގައުމީ ޓީމަށް ނަގަންވާނީ އެވަގުތަކު އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ކަމަށެވެ. މީގެ އިތުރުން އިމްރާން ބުނީ ޒާތީ ވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އިމްރާން އިތުރަށް ބުނީ އަޝްފާގް ގައުމީ ޖާޒީގައި ފެނުން އެއީ އޭނާ އާއި ހުރިހާ ދިވެހިންގެ އުއްމީދުކަމަށެވެ.

އިމްރާންގެ އިތުރުން ގިނަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން މިނިސްޓަރ މަހްލޫފް ވެސް ވަނީ ކޯޗުގެ ނިންމުމަށް ފާޑު ކިޔައިފައެވެ.

ކުރިޔަށް އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކަށް ގައުމީ ކޯޗު ނެގި 28 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން ދަގަނޑޭއަށް ޖާގަ ދީފައިނުވާއިރު، އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓުބޯލަ ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ނުދިނުން ޒާތީ ކަމަކަށް ވަނީ ބެލެވިފައެވެ. އަދި ކޯޗު ބުނާގޮތުންވިއްޔާ ދަގަނޑޭއަށް ޓީމުން ފުރުސަތުދޭ ވަރަށްވުރެ މުސްކުޅިއެވެ.

- ކޮމެންޓް