ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 10:39
ފިލިޕޭ ކުޓީނިއޯ
ފިލިޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ފިލިޕޭ ކުޓީނިއޯ
ލޯން އެއްބަސްވުމެއްގެ ދަށުން ކުޓީނިއޯ ބަޔާންއަށް ބަދަލުވެއްޖެ
ބަޔާންއަށް ކުޓީނިއޯ ބަދަލުވީ އެއް އަހަރަށް

ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ކުޅެމުން އައި ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

ބާސާއިން ދޫކޮށް ކުޓީނިއޯ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ބަދަލުވިކަން އެ ކްލަބުންވެސް ކަށަވަރުކޮށްދީފައިވާއިރު، މިކަން ބަޔާނުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުޓީނިއޯ ހޯދުމަށް ބަޔާންގެ އިތުރުން ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގުގެ ކްލަބްތައް ފާހަގަކުރެވެއެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 75 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 53 މެޗުގައި 16 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް