އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިޔަރު މެސީއަށް ވުރެ ފުރިހަމަކަމަށް ބުނެފިއެވެ.
ރޮނާލްޑޯ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ކެރިޔަރު މެސީއަށް ވުރެ ފުރިހަމަ ކަމަށާއި އޭނާ ވަނީ އެކަން ކުޅުނު ހުރިހާ ލީގެއްގައި ސާބިތުކޮށް ދީފައިކަމަށެވެ.
ރޮނާލްޑޯ މިހެން ބުނި އިރު މެސީ މިހާތަނަށް ކުޅެފައިވަނީ ހަމައެކަނި ބާސެލޯނާއަށެވެ. އެޔާއި ހިލާފަށް ރޮނާލްޑޯގެ ސީނިއަރ ކެރިޔާ ފެށީ ޕޯޗުގަލްގެ ސްޕޯޓިންގް އާއިއެކު އެވެ. ސްޕޯޓިންގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން އިންގްލޭންޑްގެ ގަދަ ބާރު މެންޗިސްޓާ ޔުނައިޓެޑުން އޭނާގެ ސޮއި ހޯދީ އެއިރުގެ އެންމެ އަގު ބޮޑު ޒުވާން ކުޅުންތެރިޔާގެ ގޮތުގައެވެ. ޔުނައިޓެޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ރޮނާލްޑޯ ވަނީ ސްޕެއިންގެ ރެޔާލަށް ބަދަލުވެފައެވެ. ރިޔާލްގައި އޭނާ ވަނީ ގިނަ ރެކޯޑްތަކެއް ހަދައިފައެވެ. އެގޮތުން ރެޔާލްއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.
ރެޔާލްގައި ނުވަ އަހަރު ހޭދަ ކުރުމަށްފަހު ރޮނާލްޑޯ ވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެފައެވެ. އަދި އެ ކްލަބާއި އެކު މޮޅު ކުޅުމެއް އޭނާ އަންނަނީ ދައްކަމުންނެވެ.
ރޮނާލްޑޯ ބުނީ އޭނާގެ ކާމިޔާބީތައް ހާއްސަވާ ސަބަބުތައް ހުރި ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާ އަކީ ޗެމްޕިއަންސް ލީގު ތަފާތު ދެ ކްލަބެއްގައި ހުރެ ކާމިޔާބުކުރި ކުޅުންތެރިޔެއް ކަމަށާއި، ޗެމްޕިއަންސް ލީގުގައި އޭނާ ވާނީ ވިދިވިދިގެން ހަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާކަމަށެވެ. އަދި އޭނާ އަކީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެއްކަމުން އޭނާގެ ކެރިޔަރުގެ ކާމިޔާބީ ފެންނަކަމަށް އޭނާ ބުންޏެވެ.
މެސީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށް ބުނަމުން ރޮނާލްޑޯ ބުނީ މެސީ އަންނަނީ އޭނާގެ ކުޅުން އެއް ފެންވަރެއްގައި ދަމަހައްޓަމުން ކަމަށާއި، ފުޓުބޯޅައަށް ލޯބި ކުރާ މީހުން އޭނާގެ ނަން ހަނދާންކުރާނީ ހަމައެކަނި ބެލެންޑިއޯ ހޯދާ ކުޅުންތެރިއެއްގެ ގޮތުގައި ނޫންކަމަށެވެ.
ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންނަކީ ނޭމާ އާއި ކީލިއަން އެމްބަޕޭ އާއި އެޑެން ހަޒާޑްގެ އިތުރުން ސާޖިއޯ އަގުއެރޯ ކަމަށް މެސީ ބުނެއެވެ. އަދި ލިސްޓްގައި ރޮނާލްޑޯގެ ނަން ނުހިމެނީ އެއީ އަބަދުވެސް އޭނާއާ އެކު ލިސްޓުން ބޭރުވާންޖެހޭ ކުޅުންތެރިޔަކަށް ވާތީ ކަމަށް މެސީ ވަނީ ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނެފައެވެ.