ތ.ވޭމަންޑޫ ގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ފިރިހެނެއް އަންހެނަކާ މެދު ބަދު އަހުލާގީ އަމަލު ހިންގި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ 14:50 ހާއިރު ވޭމަންޑޫ ގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް 31 އެއްހަރުގެ ފިރިހެނެއް 19 އަހަރުގެ އަންހެނަކާ މެދު ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނެ 19:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
31 އަހަރުގެ މިފިރިހެން މީހާއަކީ ސިފައިންގެ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.