ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 23:45
ފިލްމް \"ބަޓްލާ ހައުސް\" ގެ މަންޒަރެއް
ފިލްމް "ބަޓްލާ ހައުސް" ގެ މަންޒަރެއް
ޓްވިޓަރ
ފިލްމް "ބަޓްލާ ހައުސް"
"ބަޓްލާ ހައުސް" ރިލީޒް ކުރުމަށް ހުއްދަ ދީފި
ޑީސީޕީ ގެ ތަސްވީރު ވަނީ އުނިކުރުމަށް ނިންމާފައި
"މުޖާހިދް" މި ބަސް، ސެންސަރ ކުރުމަށް ޕްރޮޑިއުސަރުން ވަނީ އެއްބަސްވެފައި
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 15 ގައި

ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމް ފެނިގެންދާ ފިލްމް "ބަޓްލާ ހައުސް" ރިލީޒް ކުރުމަށް އިންޑީއާގެ ދިއްލީގައި ހުންނަ ހައި ކޯޓުން ހުއްދަ ދީފިއެވެ.

ފިލްމް ރިލީސް ކުރުމަށް ހުއްދަ ދީފައިވަނީ އެ ފިލްމުގެ ބައެއް މަންޒަރުތައް އުނިކުރުމަށާއި "ޑިސްކްލެއިމަރ" އެއް ހިމެނުމަށް ފިލްމުގެ ޕްރޮޑިއުސަރުން އެއްބަސްވުމާއި ގުޅިގެންނެވެ.

ފިލްމުގައި ހިމެނުމަށް ނިންމާފައިވާ، ބޮން ތައްޔާރު ކުރާ މަންޒަރާއި ފިލްމު ނިމޭތަނުން ފެންނާނެ ކަމަށް ވާހަކަ ދެކެވުނު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ) ގެ ތަސްވީރުވެސް ވަނީ އުނިކުރުމަށް ނިންމާފައެވެ. އަދި "މުޖާހިދް" މި ބަސް ވެސް ސެންސަރ ކުރުމަށް ޕްރޮޑިއުސަރުން ވަނީ އެއްބަސްވެފައެވެ.

ބަތްލާ ހައުސްގެ މައްސަލައިގަ ތުހުމަތު ރައްދުވާ ދެ މީހުން ކަމަށްވާ އަރީޒް ހާން އަދި ޝެހެޒާދް އަހުމަދު ވަނީ އެ ފިލްމުގެ ބައެއް މަންޒަރުތައް އުނިކުރުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައެވެ.

މި ފިލްމަކީ ސެޕްޓެމްބަރު 2008 ވަނަ އަހަރުގެ 19 ވަނަ ދުވަހު ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަދި އިންޑިއާގެ ޓެރަރިސްޓު ގްރޫޕަކާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުން ދައްކުވައިދޭ މި ފިލްމުގައި ޖޯން އަބްރަހަމް ފެނިގެންދާނީ އެ ދުވަހުގެ ހާދިސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕޮލިސް ކޮމިޝަނަރ ސަންޖީވް ކުމާރ ޔާދަވްގެ ރޯލުންނެވެ.

ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ މްރޫނަލް ޓާކުރުގެ އިތުރުން ރަވީ ކިޝަން ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 15 ގައެވެ.

- ކޮމެންޓް