ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަދި ޔޫއެފާ ޔޫރަޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ސުޕަރ ކަޕްގެ ރެފްރީކަން ފުރަތަމަ ފަހަރަށް އަންހެން ރެފްރީ ސްޓެފަނީ ކުރަން ނިންމައިފިއެވެ.
ސްޓެފަނީ ބުނީ ޔޫއެފާގެ ފިރިހެން މެޗެއްގެ ރެފްރީކަން ކުރަން ޖެހޭތީ ޖެހިލުންނުވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އޭނާ މި މެޗާއި ކުރިމަތިލާއިރު ފްރާންސް ލީގުގެ މެޗުތަކުގައި ރެފްރީކަން ކޮއްފައި ހުރުމުން ސުޕަރ ކަޕްގެ މެޗުގައި ރެފްރީކަން ކުރަން ފަސޭހަވާނެ ކަމަށެވެ.
ސްޓެފަނީގެ އިތުރުން މި މެޗުގައި ލައިން ރެފްރީ (ލައިންސް މަން) ކަން ކުރާނީ ވެސް އަންހެން ރެފްރީއިންނެވެ. އެ ގޮތުން އިޓަލީގެ ނިކޮލޮސީގެ އިތުރުން މިޝެލީ ރެފްރީ ކަން ކުރާނެއެވެ. މި ދެ ރެފްރީއިންނަކީ މީގެ ކުރިން ސްޓެފަނީ އާއިއެކު އަންހެނުންގެ ވޯލްޑް ކަޕްގައި ރެފްރީކަން ކޮށްފައިވާ ދެ ރެފްރީއިންނެވެ.
ޗެލްސީގެ ކޯޗް ލަމްޕާޑް ބުނީ އަންހެން ރެފްރީއެއް މި މެޗުގައި ރެފްރީކަން ކުރުން އެއީ ތާރީހީ ކަމެއް ކަމަށާއި އެކަމަށް އޭނާ ތާއިދު ކުރާކަމަށެވެ.
ބުދަ ދުވަހުގެ ރޭ ސުޕަރ ކަޕްގައި ބައްދަލުކުރާނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ލިވަރޕޫލާއި ޔޫރަޕާ ލީގުގެ ޗެމްޕިއަން ޗެލްސީއެވެ.