ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ސަމާލު ވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ ވިލާގަނޑުގައި ވައި ގަދަ ވުމުގެ ސަބަބުން ކަނޑުތައް ގަދަވުން ވެސް އެކަށީގެންވާ ކަމަށެވެ. އެގޮތުން 13 މޭލާއި 23 މޭލާއި މެދު ގަދަ ވާނެ ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.
Yellow Alert for torrential rain, thunderstorms and gusts of 55 mph. pic.twitter.com/xxoGvFhlI8
— Maldives Meteorology (@MetMaldives) August 13, 2019
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯ ވިއްސާރަ ވިލާ އުފެދޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ. އެގޮތުން މެދު ރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވިއްސާރަކުރާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.