Advertisement
ކ. މާލެ
|
12 އޯގަސްޓް 2019 | ހޯމަ 17:26
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ ދިވެހިން
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ ދިވެހިން
ރާއްޖެއެމްވީ
ހައްޖު ކޯޕަރޭޝަން
ހައްޖަށް ދިޔަ ދިވެހި އަންހެނަކު ހާލު ސީރިއަސްވެ ކޯމާއެއްގައި
ކޯމާއަށް ދިޔައީ 39 އަހަރުގެ އަންހެނެއް
އަންހެން މީހާގެ ސިކުނޑި ވަނީ މަރުވެފައި
ފާޚާނާއަށް ބޯ އަނބުރައިގެން ވެއްޓުމުން ސިކުނޑިއަށް ވަނީ ލޭ އެޅިފައި

ރާއްޖެއިން ހައްޖަށް ދިޔަ 39 އަހަރުގެ ދިވެހި އަންހެނަކު ހާލު ސީރިއަސްވެ ކޯމާއަށް ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯމާއަށް ގޮސްފައި ވަނީ ފ. ދަރަނބޫދޫ ސީމާ މޫސާ ކިޔާ އަންހެނެކެވެ. އެ އަންހެން މީހާ ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަނާއި އެކުއެވެ.

Advertisement

ސައުދީގައި ހުންނެވި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ކިނާނަތު ރާއްޖެއެމްވީއަށް ވިދާޅުވީ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ބޮލަށް އެނބުރުން އެރުމުން އާދީއްތަ ދުވަހު ކަމަށެވެ.

އާދީއްތަ ދުވަހު ހިލަ އުކަން ދިއުމަށްފަހު އެނބުރި މިނާގައި ހުރި އޭނާ އުޅޭ ފޭލިގެއަށް ދިޔަކަމަށާއި ބޯ އަނބުރާ ގޮތްވުމުން ފާޚާނާއަށް ގޮސް ހޮޑުލެވި އަނބުރައިގަނެގެން ވެއްޓުނީ ކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި ވެއްޓުމުގެ ތެރޭގައި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ވިދާޅުވިއެވެ.

ނިއުރޯލޮޖިސްޓަކަށް ދެއްކުމަށްފަހު ސީޓީ ސްކޭނެއްް ހެދީ ގެންގޮސް. ބްރެއިނަށް ލޭ ލީކް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނީ. އިއްޔެ ހިލަ އުކަން އައިސް ބޮލަށް އެނބުރުން އަރާ ގޮތެއް ވެގެން ހޮސްޕިޓަލަށް ގެންދިޔައީ. އިއްޔެއެއްސުރެ އޮތީ ވެންޓިލޭޓަރ ގެ އެހީގައި.

ޑޮކްޓަރުންނާއި ހަވާލާދީ ކިނާނަތު ވިދާޅުވީ އަންހެން މީހާގެ ސިކުނޑި މިހާރު އޮތީ މަރުވެފައި ކަމަށެވެ. މީގެ ކުރިން ހަކުރު ބަލި ނޫން އެހެން އެއްވެސް ބައްޔެއް އެ އަންހެން މީހާގެ ގައިގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިފަހަރު ލިބުނު 2،000 ކޯޓާގައި ހައްޖު ކޯޕަރޭޝަންގެ އިތުރުން ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓް، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ވަނީ ހައްޖަށް މީހުން ގެންގޮސްފައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މިދިޔަ ހޮނިހިރު ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް