Advertisement
ކ. މާލެ
|
12 އޯގަސްޓް 2019 | ހޯމަ 13:45
މާލޭގައި ހިނގި އެކްސިޑެންޓެއް
މާލޭގައި ހިނގި އެކްސިޑެންޓެއް
ސަން
ތަފާސްހިސާބު
މިދިޔަ ހަފުތާ ތެރޭގައި އެކަނި 51 އެކްސިޑެންޓް
8 ފަރާތެއްގެ ލައިސެންސް ހިފަހައްޓާފައިވޭ
5 މީހަކަށް މި ހާދިސާތަކުގައި އަނިޔާވެފައިވޭ

މިދިޔަ ހަފުތާ ތެރޭގައި 51 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އެގޮތުން މިދިޔަ ހަފްތާގައި ހިނގާ ދިޔަ އެކްސިޑެންޓްތަކުގެ ސަބަބުން 8 ފަރާތެއްގެ ލައިސެންސް ހިފަހައްޓާފައިވާކަމަށ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ. 5 މީހަކަށް މި ހާދިސާތަކުގައި އަނިޔާވެފައިވާއިރު 28 ފަރާތެއް ޓްރެފިކް ގަވާއިދާއި ޚިލާފުވުމުން ޖޫރުމައިނާ ކޮށްފައިވާކަމަށް ވެސް ވެއެވެ. އަދި 41 މީހަކު ސްޕީޑް ލިމިޓުން މަތިން ދުއްވުމުން ޖޫރިމަނާ ކުރެވިފައިވާ ކަމަށް ވެސް ވެއެވެ.

Advertisement

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 18 އަހަރުން ދަށުގެ 4 ކުޑަކުއްޖަކަށް ވެސް ފިޔަވަޅު އަޅާފައިވާ ކަމަށްމަވެއެވެ. މީގެ އިތުރުން މިދިޔަ ހަފްތާތެރޭގައި 472 ޕާކިން ޓިކެޓުން ޖޫރިމައިނާ ކޮށް، 262 ވެހިކަލެއް ބަލާ ފާސްކޮށްފައިވާއިރު 162 ވެހިކަލެއް ޓޯ ކޮށްފައިވެއެވެ. ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވުމުގެ ސަބަބުން 15 ޓެކްސީ ޑްރައިވަރަކަށް ފިޔަވަޅު އަޅާފައިވާއިރު 27 މީހުން ހެލްމެޓް ނާޅާ ދުއްވުމުން ވަނީ ޖޫރިމައިނާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް