Advertisement
ކ. މާލެ
|
8 މާރޗް 2017 | ބުދަ 17:25
ރެހެންދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު
ރެހެންދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު
ފޭސްބުކް
އަންހެނުންގެ ދުވަސް
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
ރެހެންދި އެވޯޑް ދެނީ އަންހެނުން ކުރާ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން
މި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަަހަރުން ފެށިގެން

ގައުމަށް ފައިދާ ހުރި މަސައްކަތް ކޮށްފައިވާ އަންހެނުންގެ އަގު ވަޒަން ކުރުމަށް ދޭ ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ދީފި އެވެ.

މިއަހަރުގެ ރެހެންދި އެވޯޑް ދީފައިވަނީ ސިޔާސީ އަދި އާއްމު ހިދުމަތުން، ނ. ވެލިދޫ، ނަޒީރާ އިބްރާހިމް މަނިކާއި އިގްތިސާދީ ދައިރާ އިން ހދ ކުޅުދުއްފުށި، އައިމިނަތު މަޖީދާ އާއި އިޖުތިމާއީ ދައިރާ އިން ކ.މާފުށީ އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ ގެ އިތުރުން އިޖުތިމާއީ ދައިރާ އިން ކ.މާލެ، އިފްހާމް ހުސައިންނެވެ.


ރެހެންދި އެވޯޑް ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ހިއްސާ ކުރާ އަގުހުރި މަސައްކަތްތަކާއި އާދާޔާހިލާފު ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރުން  ގައުމީ ހިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމާއި  އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފުކޮށް، އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުން ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެ އެވެ.

ބުދަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން ދެމުންގެންދާ ރެހެންދި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް