އަޟްހާ އީދާއި ދިމާކޮށް ހުޅުމާލޭގައި ބޭއްވި ބޮޑުމާލި ނެރުމުގެ ހަރަކާތުގައި ބިދޭސީން ހަރަކާތްތެރިވާ ފޮޓޯއެއް އާންމުވެއްޖެއެވެ.
މި ފޮޓޯގައި ބޮޑުމާލި ނެރުމުގެ ހަރަކާތުގެ ތެރެއިން ބޮޑު މަހުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުންދާ މަންޒަރު ފެނިގެން ދެއެވެ.
Dhivehinge maali ves Dhivehin athun beevejje. @Raajje_tv @psmnewsmv pic.twitter.com/BM1e070snd
— Abdulla🇲🇻 (@gaximabdulla) August 11, 2019
މި ފޮޓޯއަކީ އިއްޔެ ހުޅުމާލޭގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ (އެޗްޑީސީ) އިން އީދު ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ބޮޑު މާލި ނެރުމުގެ ހަރަކާތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ އާއްމު ވުމާއިއެކު އާންމުންގެ ދިނަ ބައެއްގެ ފާޑު ކިއުންތަކެއް ވަނީ އެޗްޑީސީ އަށް އަމާޒުވެފައެވެ.
ދިވެހި ވަޒީފާތައް އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ރެޖިސްޓްރީނުކޮށް އުޅޭ، ބިދޭސީންގެ އަދަދު ގިނަވުމާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރެޖިސްޓްރީއެއް ބެލެހެއްޓުމަށްޓަކާ ސަރުކާރުންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީ ކައުންސިލުން ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ މަގްސަދުގައި ޕޯޓަލްއެއް ވަނީ ތައާރަފް ކޮށްފައެވެ.