Advertisement
ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 12:38
ރައީސް ސޯލިހު އީދު ސަލާން ކުރައްވަނީ
ރައީސް ސޯލިހު އީދު ސަލާން ކުރައްވަނީ
ރައީސް އޮފީސް
އީދު ސަލާން
ރައީސް ސޯލިހު އީދު ސަލާން ކުރައްވައިފި
ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެކި އުމުރުފުރައިގެ ގިނަ ބަޔަކާ ސަލާން ކުރެއްވި
އީދު ސަލާން ކުރެއްވީ އިސްލާމީ މަރުކަޒުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އީދު ސަލާން ކުރައްވައިފިއެވެ.

ބަރަކާތްތެރި އަޟުހާ އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވެ ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ނަސީމްގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި އީދު ސަލާން ވަނީ ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ދެބޭފުޅުން ވެސް އީދު ސަލާން ކުރައްވާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި އީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.

Advertisement

އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އީދުގެ ތަހުނިޔާ ވިދާޅުވެ އީދު ސަލާން ކުރެއްވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ ބޭފުޅުންނާއި އިސްރަށްވެހިންވެސް ހިމެނެއެވެ.

މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޟުހާ އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ޙައްޖާޖީންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދުގެ ތަޙުނިޔާ ވިދާޅުވެ ބަރަކާތްތެރި އަޟްހާ އީދުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް