ކ. މާލެ
|
10 އޯގަސްޓް 2019 | ހޮނިހިރު 07:52
ވެއްޓުނު ފްލައިން ސްކޫލުގެ ބޯޓު
ވެއްޓުނު ފްލައިން ސްކޫލުގެ ބޯޓު
އެމްއެންޑީއެފް
އައްޑޫ ފްލައިން ސްކޫލް
ފްލައިން ސްކޫލާއި ގުޅިގެން ބޯޓު ނެގުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްއެންޑީއެފް
ބޯޓު އޮތީ 8.6 މީޓަރު އަޑީގައި
ލަންކާގެ ޓީމެއް އައްޑޫ އަށް ދާނެ

ހުކުރު ދުވަހު ހަވީރު އައްޑޫ އަތޮޅު ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ކައިރިއަށް ވެއްޓުނު ބޯޓު ނެގުމުގެ މަސައްކަތް ފްލައިން ސްކޫލާ ގުޅިގެން ކުރަމުންދާ ކަމަށް ގައުމީ ދިފާއިބާރުން ބުނެފި އެވެ.

އޭޝިއަން އެކެޑެމިކް އޮފް އެއިރްނޮޓިކްސް އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިން ސްކޫލުގެ އެއާރ ކްރާފްޓް ވެއްޓުނު އިރު އެއާރ ކްރާފްޓް ތެރޭގައި ދިވެއްސަކާއި ބިދޭސީއަކު ތިއްބެވެ. ބޯޓު ވެއްޓުނީ އެމެޖެންސީ ގައި ޖައްސަން އުޅެނިކޮށެވެ. އެ ދެ މީހުން ސަލާމަތް ކުރީ ޝަންގްރިއްލާ ރިސޯޓުގެ ލޯންޗަކުންނެވެ. އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދިން ނަމަވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވީ، އެ ބޯޓު އޮތީ 8.6 މީޓަރު އަޑީގައި ކަމަށެވެ. އެމްއެންޑީއެފްގެ ޑައިވަރުންނާ ފްލައިން ސްުކޫލާ ގުޅިގެން ބޯޓު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބޯޓު އަދި ނުނަގައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަން ހޮނިހިރު ދުވަހު ލަންކާގެ ޓީމެއް އައްޑޫ އަށް ދާނެ އެވެ.

- ކޮމެންޓް