މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރަން ފަށައިފިއެވެ.
ކާނިވާ ތެރޭގެ ބޮޑު ބައެއްގައި ލޮނުގަނޑު ހެދިފައިވާއިރު އެސަރަހައްދުގެ މަގުމައްޗަށް ވެސް ވަނީ ލޮނުގަނޑު ދަތުރުކޮށްފައެވެ.
ފުލުުހުން ބުނީ ކާނިވާ ސަރަހައްދަށް އުދަ އަރަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.
މީގެ ކުރިން ވެސް ކާނިވާ ސަރަހައްދަށް އުދައަރައި އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ވެފައި ވެއެވެ.
މެދުރާއްޖެ އިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު މޫސުމާއި ބެހޭ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.