Advertisement
ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 10:36
ލޯންޗު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑްރައިވަރުން ދަނީ ހަރަކާތްތެރިވަމުން
ލޯންޗު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑްރައިވަރުން ދަނީ ހަރަކާތްތެރިވަމުން
އެމްއެންޑީއެފް
އެމްއެންޑީއެފް
"ރޯޔަލް ސްޕީޑް 4" ލޯންޗް ފަރަށް އަރައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ
މި ލޯންޗް ފަރަށް އަރާފައިވަނީ ދެކެނަންފަރު ކިޔާ ފަޅުރަށް ކައިރީ އޮތް ފަރަކަށް
ހާދިސާގެ ރިޕޯޓް ކޯސްޓް ގާޑަށް ލިބިފައިވަނީ ރޭ މެންދަމު 1.15 ގައި

"ރޯޔަލް ސްޕީޑް 4" ނަމަކަށް 43 ފޫޓްގެ ލޯންޗެއް، ފަރަށް އަރައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ލޯންޗަކީ ށ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި ލޯންޗެއް ކަމަށެވެ. މި ލޯންޗް އަރާފައިވަނީ ދެކެނަންފަރު ކިޔާ ފަޅުރަށް ކައިރީ އޮތް ފަރަކަށެވެ. އެމްއެންޑީއެފްއިން ބުނީ މި ސަރަހައްދުގައި ނޯދަން އޭރިޔާގެ ސްކްޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ކޯސްޓް ގާޑަށް ލިބިފައިވަނީ ރޭ މެންދަމު 1.15 ގައި ކަމަށެވެ.

Advertisement

އެމްއެންޑީއެފްއިން ބުނީ ލޯންޗް ފުންކުރުމަށް ލޯންޗްގެ ވެރި ފަރާތާއި ގުޅިގެން އެހެން އުޅަނދެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ލޯންޗު ފުންކުރުމުގެ މަސައްކަތުގައި، ކޯސްޓްގާޑްގެ ޑްރައިވަރުންދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް