Advertisement
ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 09:35
އެއްބަސްވުމުގައި ސޮއިކުރައްވަނީ
އެއްބަސްވުމުގައި ސޮއިކުރައްވަނީ
ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އިންޓަރޕޯލް އިންފޯމޭޝަން ސިސްޓަމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި
އިންޓަރޕޯލް އާއި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާއެކު މައުލޫމާތު ބަދަލުކުރެވޭނެ
ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާވާނެ

ދަ އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަރޕޯލް)ގެ ނެޝަނަލް ސެންޓްރަލް ބިއުރޯ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ ދެމެދު އެއްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ. އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މިއެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެއްޗާއި، ރާއްޖެއެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމާއި އަދި ރާއްޖޭގެ ބޯޑަރ ސަރަހައްދުގައި ހިންގާ ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވުމުގައި އިންޓަރޕޯލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭނޭ ނިޒާމެއް ގާއިމްކުރުމެވެ. މީގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށްވަރުކުރުމުގައި ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާވެ، އިންޓަރޕޯލް އާއި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާއެކު މައުލޫމާތު ބަދަލުކުރެވޭނެއެވެ.

Advertisement

މީގެ އިތުރުން ރާއްޖޭގެ ގާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަގްވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި، ލުއިފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމާއި ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، މަސްތުވާތަކެއްޗާއި އަދި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވާ، އަދި އެނޫނަސް ގާނުނާއި ގަވައިދާ ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖެއަށް ވަދެނުކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެގެންދާނެއެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް