ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 09:04
ޕްރިޔަންކާ އާއި ނިކް ޖޯނަސް
ޕްރިޔަންކާ އާއި ނިކް ޖޯނަސް
ޕީޕަލް މެގަޒިން
ޕްރިޔަންކާ- ނިކް ޖޯނަސް
ޕްރިޔަންކާ އާއި ނިކް ޖޮނާސް 20 މިލިއަން ޑޮލަރުގެ ގެއެއް ހޯދަނީ
އާ ގެއެއް ގަތުމަށް ނިކް އާއި ޕްރިޔަންކާގެ ބަޖެޓަކީ 20 މިލިއަން ޑޮލަރު

މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޮޕްރާއާއި ނިކް ޖޯނަސް އާ ގެއެއް ގަންނަން ހޯދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފަންނާނުންގެ ޚަބަރުތައް ރިޕޯޓްކުރާ ނޫހެއް ކަމަށްވާ ޓީއެމްޒީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕްރިޔަންކާއާއި ކައިވެނި ކުރުމުގެ ކުރިން ނިކް އެމެރިކާގެ ލޮސް އެންޖަލްސް އިން ގަތް ގެ ވަނީ ވިއްކާލާފައެވެ. އަދި އާ ގެއެއް ގަތުމަށް ގެއެއް ހޯދުމަށް ވަނީ ފަށާފައެވެ. ކުރިން އެދެމީހުން އުޅުނުގެ ވިއްކާލާފައިވަނީ 6.9 މިލިއަން ޑޮލަރަށެވެ. އެގެއަކީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި 6.5 މިލިއަން ޑޮލަރަށް ނިކް ޕްރިޔަންކާއަށް ގަނެދިން ލަގްޒަރީ ވިލާއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާ ގެއެއް ގަތުމަށް ނިކް އާއި ޕްރިޔަންކާގެ ބަޖެޓަކީ 20 މިލިއަން ޑޮލަރެވެ.

ޕްރިޔަންކާއާއި ނިކް ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ކައިވެނި ކުރި އިރު ޕްރިޔަންކާގެ އުމުރަކީ 36 އަހަރެވެ. އަދި ނިކްގެ އުމުރަކީ އެންމެ 26 އަހަރެވެ. އެދެމީހުންގެ އުމުރުގެ ތަފާތާއި ހެދި ދެމީހުންނަށް ފާޑު ކިޔުން އަމާޒު ވިއެވެ. 10 އަހަރުގެ ތަފާތެއް އެދެމީހުންގެ ދެމެދުގައި ހުންނައިރު އެކަމާއި ގުޅިގެން ޕްރިޔަންކާ ބުނެފައިވަނީ އަނބިމީހާ އަށް ވުރެ ފިރިމީހާ އުމުރުން ދޮށީވުން އެއީ މައްސަލައަކަށް ނުވާ ކަމަށާއި އަދި ގިނަ ބަޔަކަށް އެކަން ކަމުދާ ކަމަށެވެ.

- ކޮމެންޓް