Advertisement
ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 04:13
ކަޝްމީރުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
ކަޝްމީރުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
ކަޝްމީރު
ކަޝްމީރުގެ މައްސަލާގައި އ.ދ ން ކަންބޮޑުވުން ފާޅުކޮށްފި
ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ނައްތާލުމަކީ ރަނގަޅު ނިންމުމެއް ކަމަށް މޯދީ ގަބޫލުކުރައްވާ
އ.ދ ން ވަނީ މި މައްސަލައިގައި ކަޝްމީރަށް ދަތިވާނެ ފަދަ ފިޔަވަޅެއް ނޭޅުމަށް ގޮވާލާފައި
ކަޝްމީރުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުން

އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ ކަޝްމީރުގެ ފަޅިއަށް އިންޑީއާގެ ގާނޫނު އަސާސީގައި ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ކަޝްމީރުގެ ރައްޔިތުންނަށް ލިބެމުންދާ އުނދަގޫތަކާމެދު އ.ދ ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އ.ދ ން ވަނީ ކަޝްމީރުގެ މައްސަލައާއި ގުޅިގެން، އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. މި ބަޔާން ނެރެފައިވަނީ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ނައްތާލުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، މޯދީ ވިދާޅުވީ ޓެރަރިޒަމާއި ވަކިވެގަތުން ހުއްޓުވޭނީ އެ ހައްގުތައް އަތުލައިގެން ކަމަށެވެ.

އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރެސް ވިދާޅުވެފައިވަނީ ކަޝްމީރަށް ދީފައިވާ ހައްގުތައް ނައްތާލުމުން ކަންބޮޑުވާކަމަށާއި އެކަމުގެ ސަބަބުން ކަޝްމީރުގެ ހާލަތު ދާނީ ގޯހުން ގޯހަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ ވަނީ އިންޑިއާގެ އިތުރުން ޕާކިސްތާނަށްވެސް މި މައްސަލައިގައި ކަޝްމީރަށް ދަތިވާނެ ފަދަ ފިޔަވަޅެއް ނޭޅުމަށް ގޮވާލާފައެވެ.

Advertisement

މި މައްސަލާގައި ޕާކިސްތާނުން ކަޝްމީރުގެ ރައްޔިތުންނަށް އެހީވާނެ ކަމަށާއި އެކަމާ ގުޅިގެން އިންޑިއާއާ އެކު ހަނގުރާމައަކަށް ދާންޖެހުމަކީވެސް ކަންބޮޑުވާ ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާންވަނީ ވިދާޅުވެފައެވެ. އަދި ޕާކިސްތާނުން ވަނީ އިންޑީއާއާ ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ.

މި މައްސަލާގައި ކަޝްމީރުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އަދި އިންޑިއާގެ ސަލާމަތީ ބާރުތަކާއި ކަޝްމީރުގެ ރައްޔިތުންނާއިމެދު ހިނގި ހަމަނުޖެހުމުގައި އެކަކު މަރުވެ އެތަކެއް ބަޔަކު ވަނީ ޒަހަމް ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް