ކ. މާލެ
|
8 އޯގަސްޓް 2019 | ބުރާސްފަތި 19:58
ވޭން ރޫނީ
ވޭން ރޫނީ
ގޫގުލް
ވޭން ރޫނީ
ޕްލޭޔާ-ކޯޗެއްގެ ގޮތުގައި ވޭން ރޫނީ ޑާބީ ކައުންޓީއަށް
ރޫނީ ވަނީ މެންޗިސްޓާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ

މެންޗިސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ވޭން ރޫނީ ޕްލޭޔާ-ކޯޗެއްގެ ގޮތުގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޑާބީ ކައުންޓީއަށް ސޮއި ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރޫނީ ޑާބީއަށް ބަދަލުވީ އޭނާ އާއިލާ އެމެރިކާގައި އުޅެންބޭނުން ނުވާތީއެވެ. މިކަމާއި ބެހޭ ގޮތުން ރޫނީ ބުނީ އޭނާ ޑާބީއަށް ބަދަލުވާން ނިންމީ އާއިލާއާއި މަޝްވަރާކުރުމަށްފަހުއެވެ. އޭނާ އިތުރަށް ބުނީ އިންގްލޭންޑް އަށް އޭނާ ބަދަލުވާން ނިންމި ނިންމުމަކީ ވަރަށް އުނދަގުލުން ނިންމި ނިންމުމެއް ކަމަށާއި ޑީސީ ގައި ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް އޭނާ އާއިލާއާއެކު ހުރުމަކީ ދިރިއުޅުމުގައި މުހިންމު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުގެ ސީޒަނުގައި ޑާބީ ކައުންޓީއަށް އިރުޝާދުދިނީ ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑެވެ. ނަމަވެސް މި ސީޒަނުގައި ޑާބީއަށް އިރުޝާދުދިނީ ނެދަލޭންޑްސްގެ ފިލިފް ކޮކޫއެވެ.

އުމުރުން 33 އަހަރުގެ ރޫނީ ޑީސީ ޔުނައިޓެޑާއިއެކު ހަދައިފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އޭނާ ވަނީ ޑީސީ ޔުނައިޓެޑަށް ކުޅުނު 41 މެޗުން 23 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ރޫނީ ޕްރިމިއާ ލީގަށް ތައާރަފް ވެގެންދިޔައީ އެވަޓަންއާއެކު ކަމަށްވާއިރު ދެވަނަ ފަހަރަށް އެ ޓީމު ދޫކޮށްލުން ވެގެންދާނީ އޭނާއަށް އުނދަގޫ ކަމަކަށް ކަމަށް ބެލެވެއެވެ. އަލުން އެނބުރި ރޫނީ އެވަޓަންއަށް ބަދަލުވިތާ އަދި އެއް އަހަރު ވެސް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް