Advertisement
ކ. މާލެ
|
8 އޯގަސްޓް 2019 | ބުރާސްފަތި 18:18
ފެޑެރިކާ މޮގެރީނީ، ޑިފެންސް މިނިސްޓަރު މާރިޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ފެޑެރިކާ މޮގެރީނީ، ޑިފެންސް މިނިސްޓަރު މާރިޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޓްވިޓަރ
ޔޫރަޕުގެ އިއްތިހާދު
ސަލާމަތީގޮތުން ރާއްޖެއާއި ޔޫރަޕުގެ އިއްތިޙާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފި
މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި
ރާއްޖެއާއި ޔޫރަޕުގެ އިއްތިހާދާ ދެމެދު އޮތް ގުޅުން ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި

ސަލާމަތީގޮތުން ދިވެހިރާއްޖެއާއި ޔޫރަޕުގެ އިއްތިޙާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ ބުރާސްފަތި ދުވަހު ޔޫރަޕުގެ އިއްތިހާދުގެ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ މަތީ ވެރިޔާ، އަދި އެ އިއްތިހާދުގެ ކޮމިޝަންގެ ނައިބު ރައީސާ، ފެޑެރިކާ މޮގެރީނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ދެ ބޭފުޅުންވަނީ، ސަލާމަތީގޮތުން ރާއްޖެއާއި ޔޫރަޕުގެ އިއްތިހާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި މިމައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރާއްޖެއާއި ޔޫރަޕުގެ އިއްތިހާދާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

މި ބައްދަލުވުމުގައި، މިނިސްޓަރު މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފެޑެރިކާ ވަނީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

ފެޑިރިކާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް