ދިވެހިރާއްޖޭގެ ގައުމީ ދިފާއި ބާރުގެ އިސް ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް މޭޖާގެ މަގާމަށް ޕްރޮމޯޓް ކޮށްފި އެވެ.
ރާއްޖެ.އެމްވީ އަށް އެނގިފައިވާ ގޮތުން ބުރާސްފަތި ދުވަހު އޮތް އެމްއެންޑީއެފް ގައި ރަސްމިއްޔާތެއްގައި ގިނަ އޮފިސަރުން ތަކަކަށް ވަނީ މަގާމުގެ ކުރިއެރުން ދީފަ އެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިފައިންގެ އޮނިގަނޑަށް ބަދަލު ގެންނަމުންދާކަމާއި، ސިފައިން ޕްރޮމޯޝަން ހަމަޖެހިފައިވާ އުސޫލުން ކުރިޔަށް ގެންދާކަން ވަނީ ފާހަގަ ކޮށްފަ އެވެ.
އާޒިމްގެ މަގާމުގެ ކުރިއެރުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ މޭޖާ ރެންކް އަށް ޕްރޮމޯޓް ވެފައިވާ ކަމަށް ވިދާޅުވި އެވެ.