Advertisement
ކ. މާލެ
|
8 އޯގަސްޓް 2019 | ބުރާސްފަތި 17:31
ރިލްވާން ގެއްލުވާލީ މައްސަލާގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން
ރިލްވާން ގެއްލުވާލީ މައްސަލާގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން
ރާއްޖެ އެމްވީ
އަހުމަދު ރިލްވާން
ރިލްވާން ގެއްލުވާލި "ޓެރަރިސްޓް ގްރޫޕް" ދެނެގަނެފިން، މިމަހު އާއްމު ކުރާނަން: ސުއޫދު
ހުރިހާ މައްސަލަ އެއްވެސް ތަހުގީގު ކުރާނަން
އާއިލާ މީހުންނާ މައުލޫމާތު ވަނީ ހިއްސާކޮށްފައި
އެކަށީގެންވާ ހެކި ހޯދިފައިވާ ކަމަށް ވިދާޅުވި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި "ޓެރަރިސްޓް ގްރޫޕް" ދެނެގަނެވިފައިވާ ކަމަށާއި، އެމީހުންނާ ބެހޭ މައުލޫމާތު މިމަހު ފަހުކޮޅު ހާމަކުރާނެ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

Advertisement

ބުރާސްފަތި ދުވަހު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ރިލްވާން އުޅޭ ގެ ކުރިމަތިން ވަޅިން ބިރުދައްކާ ރަހީނު ކުރުމަށްފަހު އޭނާއަށް ވީގޮތެއް ބަލަން އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް އެކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ ބަލަމުންދާ ކަމަށާއި، ރިލްވާންއާ ބެހޭ ގޮތުން ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތު މީގެ ދެ ހަފްތާ ކުރިން އާއިލާއަ ހިއްސާކޮށްފައިވާ ކަމަށްވެސް ސޫއުދޫ ވިދާޅުވި އެވެ.

ސުއޫދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، އެކަން ކުރި ޓެރަރިސްޓް ގްރޫޕުގެ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

ކޮމިޝަނުން ވިސްނަނީ މި މަހުގެ ފަހުކޮޅު އެ މައުލޫމާތު ހިއްސާ ކުރުމަށެވެ. ސުއޫދު ވިދާޅުވީ، ވައުދުވެވަޑައިގަތް ގޮތަށް ކޮމިޝަނުން ބަލާ ހުރިހާ މައްސަލައެއް ތަހުގީގުކޮށް ހަގީގަތް ހާމަކުރައްވާނެ ކަމަށެވެ.

މަރުތަށް ބަލާ ކޮމިޝަނުން ވަނީ މީގެ ކުރިން އެކި މައްސަލަތަކާއި ގުޅުން ހުރިކަމަށް ބެލެވޭ މީހުން ތަހުގީގަށް ހާޒިރުކޮށް، އެ މީހުންނާ ސުވާލު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް