Advertisement
ކ. މާލެ
|
8 މާރޗް 2017 | ބުދަ 09:42
ގަމު ދައިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް
ގަމު ދައިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް
ރާއްޖެ އެމްވީ
އަންހެނުން ރޫހުގެ އެއްވުން
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
ގާނޫނީ އިމުގެ ތެރެއަށް ކަންކަން ވައްދައިގެން ހައްގު ހޯދޭނީ
ޖެންޑަރ އީކްއަލިޓީ ގާނޫނުގެ ދަށުން އެއްވެސް ކަމެއް ނުކުރޭ

އަންހެނުންގެ ޙައްގުތަށް ކަަަށަވަރުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރެޓިކް އަދި އިންސާފްވެރި ނިޒާމެއް ނެތުން ކަމަށް ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން ބޭއްވި އެއްވުމުގައި ފައްޔާޒު ވިދާޅުވީ ގައުމުތަކުގައި އަންހެނުންގެ ޙައްގުތަށް ކަށަވަރުކުރެވޭނީ އިންސާފްވެރި ނިޒާމެއް ގާއިމްވެފައި އޮތުމުން ކަމަށެވެ. ރާއްޖޭގައި އަންހެނުންގެ ޙައްގުތައް ވެސް ކަށަވަރުކުރުމަށް ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ކަންކަން ވައްދާ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެފަދަ ނިޒާމެއް ގާއިމްކުރުމަށް އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. މިއަދު ރާއްޖޭގައި ހައްގު ހޯދުމަށް އަންހެންވެރިން މަސައްކަތް ކުރާ މިންވަރަށް ފިރިހެނުން މަސައްކަތް ކޮށްފި ނަމަ އަދުލުއިންސާފްގެ ނިޒާމް ހަރުދަނާ ކުރެވޭނެ ކަމަށް އެނާ ވިދާޅުވިއެވެ.

 

ރާއްޖެއާއި ބޭރުގެ ގައުމުތަކުގައި ވެސް އަންހެނުންގެ ޙައްގުތަށް ކަށަވަރުކުރުމަށް ބޮޑަތި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި އެވާހަކަތައް ދެކެވެން ފެށުމަކީ އަންހެންގެ ހައްގުތަށް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ކުރިއެރުމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖެންޑަރ އީކްއަލިޓީގެ ނަމުގައި ބިލެއް ފާސްކުރި ކަމަށާއި އެއަށް ފަހު އެގާނޫނުގެ ދަށުން ކުރި ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

 

ފައްޔާޒު ވިދާޅުވީ ސިޔާސީ މައިދާނަން ނިކުންނަ އަންހެން ކަނބަލުންނަން އެހީތެރިވާން އެމްޑީޕީ ނިންމި ނިންމުމަކީ ބޭއިންސާފަށް އިންސާފް ހޯދައިދޭން ނިންމި ނިންމުމެއް ކަމަށެވެ. ޒަމާނުންސުރެ ރާއްޖޭގައި އަންހުންނަން އިންސާފް ހޯދާއިދީފައި ނުވާއިރު އަންހެނުންގެ ޙައްގުތައް ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް