Advertisement
ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 21:17
އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ޝަކޫރު
އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ޝަކޫރު
ރައްޔިތުންގެ މަޖިލިސް
އާތިފް ޝަކޫރު
ރައީސް ނަޝީދު ހައްޔަރު ކުރި ދުވަސްވަރު ބޭންކުގެ ތެރެއިން ފައިސާގެ ބޮޑެތި މުއާމަލާތްތައް ހިނގި
މޭޑޭ ދުވަސްވަރު އެކަންތައް ހިނގާފައިވަނީ
އެފްއައިޔޫގެ އެސްއޯފީއަށް ބަދަލު ގެނައި
ތަކުރާރުކޮށް އެންގިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ހައްޔަރު ކުރި ދުވަސްވަރާއި، މޭޑޭގެ މުޒާހަރާ ކުރި ދުވަސްވަރު ބޭންކުގެ ތެރެއިން ފައިސާގެ ބޮޑެތި މުއާމަލާތްތައް ހިންގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ހެޑް އާތިފް ޝަކޫރު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީ ވުމަށް އާތިފްގެ އެދުމުގެ މަތިން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

Advertisement

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ، އެފްއައިޔޫ އަށް ސަސްޕީޝަސް ޓްރާންސް ސެކްޝަން ރިޕޯޓިން (އެސްޓީއާރް) ލިބުމާއި އެކު އެކަން ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށެވެ.

އޭރުގައި ހިނގާފައި ހުރި ބޮޑެތި ސިޔާސީ ކަންތައްތަކާއި އެ ޓްރާންސެކްޝަނާ ކޮންމެވެސް ގޮތަކަށް ގުޅުމެއްވާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެދުވަސްވަރު އަޅުގަނޑުމެންގެ މުޖުތަމައުގައި ހިނގާފައި ހުރި ސިޔާސީ ކަންތައްތައް، ބޮޑެތި ސިޔާސީ ކަންތައްތައް ހިނގަމުން ދިޔަ ދުވަސްވަރާ މި ޓްރާންސެކްޝަން ވޮލިއުމް ހިނގާ ގޮތާއި އެއްޗެހިތައް ބަލަން ފެށީމަ. މި އެއްޗެހި ބެލިކަން އަޝްރަފް އަށް އެނގިވަޑަިއގަންނަވާނެ. މީ ކާނަލް ނާޒިމް ހައްޔަރު ކުރެވިގެން ދިޔަ ދުވަސްކޮޅު މިއީ މޭ އެއްވުމުގެ ކަންތައްތައް ހިނގަމުން ދިޔަ ދުވަސްކޮޅު. މިއީ މިއަދު މަޖިލީސްގެ ރައީސް ހައްޔަރު ކުރެވި އަވަސްކޮށް ޝަރިއަތް ކުރެވި އަވަސްކޮށް ބަންދު ކުރެވިގެން ދިޔަ ދުވަސްވަރު
އެފްއައިޔޫގެ ކުރީގެ ހެޑް ~ އާތިފް ޝަކޫރް ~

އެކަންތައްތައް ''ބޮޑު ކަމުން'' އެ ވާހަކަތައް ތަކުރާރުކޮށް އޭރު އެމްއެެމްއޭގެ ގަވަރުނަރަކަށް ހުންނެވި އާޒިމާ އާދަމް އަށް ހިއްސާކުރި ކަމަށް އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ވިދާޅުވި އެވެ.

އެއާ އެކު އެފްއައިޔޫގެ ހިންގުމުގެ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) ބަދަލުކުރުމަށް އަންގައި އެސްޓީއާރް ލިބުމުން ކަންތައް ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް