Advertisement
ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 08:13
ސުޝްމާ ސްވަރާޖް އާއި މިނިސްޓަރ އަބްދުﷲ ޝާހިދު
ސުޝްމާ ސްވަރާޖް އާއި މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ސުޝްމާ ސްވަރާޖް އަވަހާރަވުން
ސުޝްމާ އަވަހާރަވުމާއި ގުޅިގެން ދިވެހި ސަރުކާރުން ތައުޒިޔާ ދަންނަވައިފި
ތައުޒިޔާ ދަންނަވާފައިވަނީ ދިވެހި ހާރިޖީ ވުޒާރާއިން
އިންޑިއާއަށް ގެއްލިގެންދިޔައީ ލާމަސީލު ޑިޕްލޮމެޓެއް
ސުޝްމާ އަވަހާރަވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ޝާހިދު ވިދާޅުވި

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް އަވަހާރަވުމާއި ގުޅިގެން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ތައުޒިޔާ ދަންނަވާފައިވަނީ ދިވެހި ހާރިޖީ ވުޒާރާއިންނެވެ.

Advertisement

ހާރިޖީ ވުޒާރާއިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ސުޝްމާ އަވަހާރަވުމަކީ ރާއްޖެއަށް އެކުވެރިއެއް އަދި ބައިވެރިއެއް ގެއްލިގެން ދިއުން ކަމަށެވެ. އަދި އިންޑިއާއަށް ގެއްލިގެންދިޔައީ ލާމަސީލު ޑިޕްލޮމެޓެއް ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން، އޭނާ ވިދާޅުވެފައިވަނީ ސުޝްމާ އަވަހާރަވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

ސުޝްމާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެން، ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް)ގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް