Advertisement
ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 19:51
ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ
ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ
ޕޮލިސް
ފުލުހުންގެ އޮޕަރޭޝަން
ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާތޯ ބެލުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
ގިނައިން ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅާނެ
އުޅަނދުތައް ރޯޑް ވާދިނަސް މިންގަނޑަށް ފެތޭތޯ ބަލާނެ
ކަނޑައަޅާފައިވާ އަގުގައި ޚިދުމަތް ނުދޭނެ ކަމަށް ޑްރައިވަރުން ބުނޭ

ޓެކްސީ ދަތުރުތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނަގާތޯ ބެލުމާއި، ނަގާނަމަ އެޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މިޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ ޓްރާންސްޕޯޓު މިނިސްޓްރީން އާންމުކޮށްފައިވާ އަގުތަކަށް ޓެކްސީގެ ހިދުމަތް ނުދޭނެ ކަމަށް، ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތައް ހިމެނޭ ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. މިއަގުތަކާއި ދެކޮޅަށް ޑްރައިވަރސް އެސޯސިއޭޝަންއިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށައަޅާފައެވެ.

Advertisement

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި މަގުތަކުގައި ދުއްވާ އުޅަނދުތައް ރޯޑް ވާދިނަސް މިންގަނޑަށް ފެތޭތޯ އާއި އުފެއްދިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދުތައް ދަތުރު ކުރޭތޯ ވެސް އެ އޮޕަރޭޝަންގެ ތެރެއިން ބަލާނެ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައި އެކަން ވަނީ އިއުލާން ކޮށްފައެވެ. އުސޫލުގައިވާ ގޮތުން މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ، މާލެ - ހުޅުލެ ދަތުރަކަށް 60 ރުފިޔާ، ހުޅުލެ - މާލެ ދަތުރަކަށް 60 ރުފިޔާ، ހުޅުމާޅެ - ހުޅުލެ ދަތުރަކަށް 60 ރުފިޔާ، ހުޅުލެ - ހުޅުމާލެ ދަތުރަކަށް 60 ރުފިޔާ، މާލެ-ހުޅުމާލެ ދަތުރަކަށް 75 ރުފިޔާ އަދި ހުޅުމާލެ - މާލެ ދަތުރަކަށް ވެސް ނެގެނީ 75 ރުފިޔާ އެވެ. ނަމަވެސް މިއީ އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށް ބުނެ ޑްރައިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް