Advertisement
ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 19:25
ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ތެރެއިން
ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ތެރެއިން
ޕޮލިސް
ފުލުހުން
އީދު ބަންދާ ދިމާކޮށް ފުރާ އުޅަނދުތައް ޗެކްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް
އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލާނެ
އުޅަނދުތަކަށް މީހުން އަރުވަނީ ކަނޑައެޅިފައިވާ މިންވަރަށްތޯ ބަލާނެ

ކުރިއަށް އޮތް އަޟްހާ އީދު ބަންދާދިމާކޮށް އަތޮޅުތަކުގެ ރަށްރަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މީރުބަހުރު ބަނދަރުން ފުރާ ބޯޓު ފަހަރާއި ބަނދަރުގައި އަޅާފައިވާ ބޯޓުތަކުގެ އިތުރުން މެރީ ބްރައުން ކުރިމަތީ ބަނދަރުން ފުރާ ފެރީތަކާއި ޓީޖެޓީ ސަރަޙައްދުގައިވާ ކަނޑު އުޅަނދުފަހަރުތަކުގައި ސަލާމަތީގޮތުން ރައްކާތެރި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންދާނެ ކަމަށެވެ.

Advertisement

މި އޮޕަރޭޝަނުގައި އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯއާއި އުޅަނދުތަކަށް މީހުން އަރުވަނީ ކަނޑައެޅިފައިވާ މިންވަރަށްތޯ ބަލައި ބަރުމަރުކާގެ މިންގަނޑާ އެއްގޮތަށް މުދާ އަރުވާތޯ ބަލައި ޗެކްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ކަނޑު އުޅަނދުތަކުގެ ކެޕްޓަނުން އަތުގައި ލައިސަންސް އޮވޭތޯ ބަލައި ސަލާމަތީ ވަޞީލަތްތަކުގެ ހާލަތު ބަލަމުންދާނެ ކަމަށެވެ.

މި އޮޕަރޭޝަނުގައި ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ނަސޭހަތްތެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް