ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 18:32
ގައުމީ ވޮލީ ޓީމާއިއެކު ރައީސުލްޖުމްހޫރިއްޔާ
ގައުމީ ވޮލީ ޓީމާއިއެކު ރައީސުލްޖުމްހޫރިއްޔާ
ރައީސް އޮފީސް
ވޮލީ ބޯޅަ
އެކުވެރިކަމުގެ މެޗަކަށް ލަންކާގެ ވޮލީ ޓީމު ރާއްޖެ އަންނަނީ
މިނިސްޓަރ މަޙްލޫފް މިނިސްޓަރ ކަމާއި ހަވާލުވިފަހުން ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން

ރާއްޖޭގެ ފިރިހެން ގައުމީ ވޮލީ ޓީމާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ސްރީ ލަންކާގެ ފިރިހެން ގައުމީ ވޮލީ ޓީމު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްގެ ދައުވަތަކަށް ސްރީ ލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 15 އަށެވެ.

މި ދަތުރަކީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިނިސްޓަރ މަޙްލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ. އެގޮތުން ސްރީ ލަންކާގެ ގައުމީ ޓީމުން ރާއްޖެއާ ދެކޮޅަށް ތިން އެކުވެރިކަމުގެ މެޗު ކުޅޭނެއެވެ.

މިނިސްޓަރ މަޙްލޫފް ވިދާޅުވީ ސެންޓްރަލް ޒޯން މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޓީމުން ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ. މިއީ މިނިސްޓަރ ސާބިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ފުރުސަތެކެވެ.

މިނިސްޓަރ މަޙްލޫފް މިނިސްޓަރ ކަމާއި ހަވާލުވިފަހުން ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް