ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 15:26
އެޑްރިއަން
އެޑްރިއަން
ބީބީސީ
ޓްރާންސްފަރ މާކެޓް
ލިވަރޕޫލް އިން ކީޕަރު އެޑްރިއަންގެ ސޮއި ހޯދައިފި
ލިވަރޕޫލް އިން އަންނަނީ އެޓީމުގެ ސްކޮޑް ވަރުގަދަ ކުރަމުން

ލިވަރޕޫލް އިން ތަޖުރިބާކާރު ގޯލް ކީޕަރު އެޑްރިއަންގެ ސޮއި ހޯދައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލިވަރޕޫލް އިން އެޑްރިއަންގެ ސޮއި ހޯދީ އެޓީމުގެ ކީޕަރު މެގްނޮލެޓްގެ އެޓީމު ދޫކޮށްލުމާއި ގުޅިގެންނެވެ. 32 އަހަރުގެ އެޑްރިއަން ލިވަރޕޫލްއަށް ސޮއި ކުރީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ. މީގެ ކުރިން އިނގިރޭސި ކްލަބް ވެސްޓްހަމް އަދި ސްޕެއިންގެ ކްލަބް ރެއާލް ބެޓިސްއަށް ކުޅެފައިވާ އެޑްރިއަން އަކީ ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކީޕަރެކެވެ.

ލިވަރޕޫލް އަށް ބަދަލަލުވުމަށް ފަހު އެޑްރިއަން ބުނީ އޭނާ ލިވަރޕޫލްއާއި ގުޅުނީ ގިނަ ކާމިޔާބީތަކެއް އެ ކްލަބާއިއެކު ހޯދަންކަމަށާއި އެކްލަބްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ގިނަ ތަށިތަކެއް ހޯދުމަކީ އޭނާގެ ކުރަން ބޭނުންކަމެއް ކަމަށާއި އެކަން ކުރެވޭނީ ލިވަރޕޫލްގައި ހުރެގެން ކަމަށެވެ.

އެޑްރިއަން ވަނީ އިނގިރޭސި ކްލަބް ވެސްޓްހަމް އަށް 150 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ.

ލިވަރޕޫލް އިން އަންނަނީ ކުރިޔަށް އޮތް ސީޒަނަށް އެޓީމުގެ ސްކޮޑް ވަރުގަދަ ކުރަމުންނެވެ. ޔޫރަޕްގެ ޗެމްޕިއަން ލިވަރޕޫލް އަށް ކުރިޔަށް މުހިންމު މެޗުތަކެއް ހުރި އިރު އެޓީމަށް މި އަހަރުގެ ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކުޅެންޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް