ކ. މާލެ
|
5 އޯގަސްޓް 2019 | ހޯމަ 18:32
މެގުއަޔާ
މެގުއަޔާ
ގޫގުލް
ޓްރާންސްފަރ މާކެޓް
ރެކޯޑް އަގަކަށް ޑިފެންޑަރ މެގުއަޔާ ޔުނައިޓެޑަށް ސޮއި ކޮށްފި
މެގުއަޔާ ޔުނައިޓެޑް އަށް ސޮއި ކުރީ 80 މިލިއަން ޕައުންޑަށް

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލެސްޓަރ ސިޓީއަށް ކުޅުނު މެގުއަޔާ މެންޗިސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ޔުނައިޓެޑުން އެޓީމުގެ ސްކޮޑް ކުރިޔަށް އޮތް ސީޒަނަށް ވަރުގަދަ ކުރަމުން އަންނަ އިރު އެޓީމުގެ ކޯޗް އޮލޭ އަންނަނީ އެޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ކުޅުންތެރިން ބޭނުންވާ ކަމަށް ބުނަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ކޯޗް އޮލޭ އެންމެ ބޭނުންވާ ކުޅުންތެރިޔަކީ މެގުއަޔާއެވެ.

މެންޗިސްޓަރ ޔުނައިޓެޑް ގެ އިތުރުން ޔޫރަޕްގެ ގިނަ ކްލަބްތަކުން އަންނަނީ މެގުއަޔާއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އިގިރޭސި ޗެމްޕިއަން މެންޗިސްޓަރ ސިޓީއިން ވެސް ވަނީ މެގުއަޔާއަށް ޝައުގުވެރިކަން ފާޅު ކޮށްފައެވެ.

މެގުއަޔާގެ ޔުނައިޓެޑަށް ސޮއި ކުރީ 80 މިލިއަން ޕައުންޑުގެ ރިކޯޑް ފީ އަކަށެވެ. އޭނާ ވަނީ ހޯމަ ދުވަހު ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަ ކޮށްފައެވެ. އަދި ހޯމަ ދުވަހު އޭނާ މެންޗިސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ޑިފެންޑަރަކަށް އެންމެ އަގުބޮޑު ފީއެއް ދައްކައިފައިވަނީ ލިވަރޕޫލްގެ ޑިފެންޑަރ ވެންޑައިކް އެވެ. އެގޮތުން ސައުތްހެމްޓަމް އިން ވެންޑައިކް ލިވަރޕޫލް އަށް ގެންގޮސްފައިވަނީ 75 މިލިއަން ޕައުންޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް