އިނގިރޭސި ޕްރިމިއާ ލީގު ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗް ޔޫރަޕްގެ ޗެމްޕިއަން ލިވަރޕޫލް ބަލިކޮށް ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީއިން ކާމިޔާބު ކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީއިން ސިޓީ ކުރި ހޯދީ 5-4 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ލިވަރޕޫލްގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާގެ އެހީތެރި ކަމާއިއެކު، ރަހީމް ސްޓާލިންގް އެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަރޕޫލް އިން ކުޅުން ރަނގަޅު ކުރި އިރު އެޓީމުން ވަނީ ގިނަ ހަމަލާތަކެއް ސިޓީގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން ސަލާހް ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ސިޓީގެ ޑިފެންޑަރުން ކްލިއަރ ކޮށްލިއެވެ. އަދި ސަލާހް ފޮނުވާލި ބާރު ހަމަލާއެއް ގޯލު ދަނޑިއަށް ވަނީ އަމާޒުވެފައެވެ. ލިވަރޕޫލްގެ ޖޯ މަޓިޕް ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ލަނޑުޖަހާ ނަތީޖާ 1-1 އެއްވަރުކޮށްފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީގެ ކުޅުންތެރިން ޖެހި ފަސް ޕެނަލްޓީ ކާމިޔާބު ކުރި އިރު ލިވަރޕޫލްގެ ވައިނަލްޑަމް ޖެހި ޕެނަލްޓީ ސިޓީގެ ކީޕަރު ބްރާވޯ ވަނީ ކާމިޔާބު ކޮށްފައެވެ.
ސިޓީ އިން ވަނީ ކޮމިއުނިޓީ ޝީލްޑް ހަ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ.