ކ. މާލެ
|
5 އޯގަސްޓް 2019 | ހޯމަ 15:12
މާލޭގައި ހިނގި އެކްސިޑެންޓެއް
މާލޭގައި ހިނގި އެކްސިޑެންޓެއް
ޕޮލިސް
އެކްސިޑެންޓް
މިދިޔަ ހަފްތާ ތެރޭގައި މާލެ ސިޓީގައި 49 އެކްސިޑެންޓް ހިނގައިފައިވޭ: ފުލުހުން
11 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައި
ލައިސެންސް ނެތި ދުއްވައި ދުއްވައިގެން 63 މައްސަލައެއް ބަލާފައިވޭ

މިދިޔަ ހަފްތާ ތެރޭގައި މާލެ ސިޓީގައި 49 އެކްސިޑެންޓް ހިނގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިދިޔަ މަހުގެ 27 އިން މިމަހުގެ 02 އަކަށް 49 އެކްސިޑެންޓެއް ހިނގައި 11 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ އިތުރުން ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 42 މައްސަލަ ބަލާފައިވާ ކަމަށެވެ. ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 48 މައްސަލައެއް، ލައިސެންސް ނެތި ދުއްވައި ދުއްވައިގެން 63 މައްސަލައެއް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިދިޔަ ހަފްތާ ތެރޭގައި ގަވާއިދާ ހިލާފަށް 460 ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށެވެ. އަދި 134 ވެހިކަލްއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ 70 ވެހިކަލްއެއް ޓޯކޮށްފައިވާ ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ނައްތާލަނީ އެ ތަކެއްޗާ ހަވާލުވުމަށް އިއުލާނުކޮށްގެން ވެސް ދޭ މުއްދަތުގެ ތެރޭގައި ހަވާލުވާން ނައުމުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހުއެވެ. ގަވައިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ޓޯކޮށްފައިވާ ގިނަ އަދަދެއްގެ ވެހިކަލް މީގެ ކުރިން ވެސް ފުލުހުން ވަނީ ނައްތާލާފައެވެ.

- ކޮމެންޓް