Advertisement
ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 22:06
ފ އަތޮޅު ވިއްކާލުމާ ގުޅޭގޮތުން ބިލެތްފަހީގައި  ލިޔެފައިހުރި ލިޔުމެއް ފުލުހުން ގޮސް ފުހެލަނީ
ފ އަތޮޅު ވިއްކާލުމާ ގުޅޭގޮތުން ބިލެތްފަހީގައި ލިޔެފައިހުރި ލިޔުމެއް ފުލުހުން ގޮސް ފުހެލަނީ
ރާއްޖެއެމްވީ
އެމްޑީޕީ
"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
ފުލުހަށް ހާޒިރުކޮށް 3 މީހެއްގެ ބަޔާން ވަނީ ނަގާފައި

ފ އަތޮޅު ވިއްކާލުމާ ދެކޮޅު ޝުޢޫރު ފާޅުކުރާކަމަށް ބުނެ ށ. ބިލެތްފަހީގެ ކެމްޕޭން ޓީމުގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް އިންޒާރު ދެމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އަންގާރަ ދުވަހު ބުނީ ފ. އަތޮޅު ވިއްކާލުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވާތީ އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން ށ.ބިލެތްފަހީގައި އެރަށުގެ ރައްޔިތުން ފޮތިގަނޑުތައް ދަމައި، ޞުލްޙަވެރިކަމާއެކު ޝުޢޫރުތައް ފާޅުކުރުމުން އެކަން ހުއްޓުވާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އެއީ ޚިޔާލުފާޅުކުރުމުގެ ޙައްޤު ނިގުޅައިގަތުން ކަމަށާއި، އެރަށުގެ އެމް.ޑީ.ޕީގެ އިސްފަރާތްތައް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަނީ ބިރު ދެއްކުމަށް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. 

އެމްޑީޕީން ބުނީ މި ހަފްތާގެ އާދީއްތަ ދުވަހު ށ.ބިލެތްފަހީގެ ބަނދަރުމަތީގައި “ފ.އަތޮޅު ވިއްކާނުލާ” ލިޔެފައިވާ ފޮތިގަނޑެއް ބަޔަކު ދަމާފައިވާތީ ޤާނޫނާ ޚިލާފަށް އަމުރުކޮށް ފުލުހުން އެ ފޮތިގަނޑު ނެގުމަށް އަންގައި އެފޮތިގަނޑުތައް ނަގުވާފައިވާކަމަށެވެ. ހަމަ އެދުވަހުގެ ހަވީރު ފުލުހުން ށ.ބިލެތްފައްސަށް ގޮސް އެ ފޮތިގަނޑުތައް ހުރިތޯވެސް ވަނީ ބަލާފައި ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ އަނެއްކާ އެ ރަށުގެ ރައްޔިތުން ފ.އަތޮޅު ވިއްކާނުލުމަށް ލިޔުންތައް ލިޔެ ޝުޢޫރުފާޅުކުރިކަމަށް އެމްޑީޕީން ބުންޏެވެ. އެކަމާ ގުޅިގެން 6 ވަނަ ދުވަހު 10 ވަރަކަށް ފުލުހުން ބިލެތްފައްސަށް ގޮސް އެމް.ޑީ.ޕީ ކެމްޕޭން ޙަރަކާތްތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރާ 3 މީހުން ޤާނޫނީ އިމުގެ ބޭރުން ހާޒިރުކޮށްފައިވާކަމަށް އެމްޑީޕީން ބުނެ އެވެ. އެއަށްފަހު ބަޔާންތައް ނަގައި 3 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށްފަހު ފ. އަތޮޅާ ބެހޭގޮތުން އެއްވެސް އިދިކޮޅު ޙަރަކާތެއް ރޭވުމުގައި ބައިވެރިނުވާނެކަމަށާއި އެފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށް އިގްރާރުވެ ބަޔާނުގައި ސޮއިކުރުވިކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. އަދި އެފަދަ އެއްވެސް ކަމެއް ތަކުރާރުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ދީފައިވާކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ފ.އަތޮޅު ވިއްކުމާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމުގައި ފުލުހުންނަށް ހަނދާކޮށްދޭ ކަމަށާއި ފުލުހުންގެ ދައުރަކީ ޤާނޫނީ އިމުގެތެރެއިން ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް މަގުފަހުކޮށްދިނުން ކަމުގައިވާއިރު އެފަދަ ޝުޢޫރުފާޅުކުރުން ހުއްޓުވައި ރައްޔިތުންނަށް ބިރުދެއްކުމަކީ ޤާނޫނު އަސާސީއާ އަދި ފުލުހުންގެ ޤާނޫނާ ޚިލާފް ކަމެއް ކަމަށެވެ. އަދި މިފަދަ ނާތަހުޒީބު ކަންކަމުން ފުލުހުން ދުރުވެ، ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް