Advertisement
ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 23:15
ހޯމް މިނިސްޓަރު އިމްރާން
ހޯމް މިނިސްޓަރު އިމްރާން
މުހައްމަދު ޝަރުހާން
އިމްރާން އަބްދުﷲ
ލުތުފީގެ ވާހަކަ ރައްޔިތުން ގަބޫލް ކޮށްފާނެ ކަމަށް ބަޔަކު ހީކުރިތީ އަންތަރީސްވެއްޖެ: އިމްރާން
ފްރޭމް ކުރުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށްފައިވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ އާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަ ރައްޔިތުން ގަބޫލް ކޮށްފާނެ ކަަމަށް ބަޔަކު ހީކުރީތީވެ އަންތަރީސް ވެއްޖެކަމަށް އިމްރާން ވިދާޅުވެއްޖެ އެވެ.

މީގެ ދެ ދުވަހެއް ކުރިން ޝޯޝަލް މީޑިއާ ގައި ލީކް ކޮށްލާފައިވާ އޯޑިއޯއެއް ގައި ލުތުފީ ވިދާޅުވީ، ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އެކި ކަހަލަ އިންޒާރު ލިބެމުންދާތީ ކަމަށެވެ. އެކަމާއި ބެހޭ ގޮތުން ހޮނިހިރު ދުވަހުގެރޭ ސަންގު ޓީވީ އަށް ދިން އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ، ފްރޭމް ކޮށްގެން ހައްޔަރު ކުރެވިދާނެ ކަމުގެ އިންޒާރު ދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން ކަމަށެވެ. އޮފީހަށް ނިކުމެ ވަޑައިގަތުމުން ވެސް އިންޒާރު ދެއްވާފައިވާ ކަަމަށް ލުތުފީ ވަނީ ތުހުމަތު ކޮށްފަ އެވެ.

Advertisement

ފްރޭމް ކޮށްގެން ވެސް ކަލޭ ހައްޔަރު ކުރެވިދާނެ ކަމަށް އަޅުގަނޑާ ދިމާޔަށް ބުނި. ސީދާ އެގޮތަށް އަޅުގަނޑާ ވާހަކަ ދެއްކީ. އަދި އޭގެ ހަފްތާއެއް ފަހުން އަޅުގަނޑު އޮފީހަށް ނިކުންނަން ފެއްޓީމާ އާ ރަށުގައި ހުރެ އަޅުގަނޑަށް ގުޅާފަ ބުނީ ކަލޭ އޮފީހަށް ނިކުންނަނީ ނޫންހޭ. އެގޮތުންވެސް އިންޒާރު ދިން.
ހަސަން ލުތުފީ ~ އޭސީސީގެ ކުރީގެ ރައީސް ~

ލުތުފީގެ ތުހުމަތު ތަކަށް ޖަވާބު ދެއްވަމުން އާދިއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި އިމްރާން ވިދާޅުވީ، މަގުމަތިން މީހަކަށް ކަރުގައި ހިފާ ބިރުދައްކައި ފްރޭމް ކުރާނެ ކަމަށް ބުނެ ބިރު ދައްކާ މިންވަރަށް ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލްކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަންތަރީސް ވެއްޖެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން އޮފީހަށް ނުނިކުންނަވާ ލުތުފީ ގެންދެވީ މުސާރަ ނަންގަވަމުންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ އިން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް