ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 15:23
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ޕެޕް ގާޑިއޯލާ
އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓާއެކު ގާޑިއޯލާގެ ފާޑުކިޔުން ފީފާއަށް
މިފަދަ އެވޯޑްތަކަކީ ޗެމްޕިއަންސް ލީގުގައި ދައްކާ ކުޅުމަށް ބިނާކޮށް ދެވޭ އެވޯޑުތަކެއް

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގައި މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔަކު ހިމެނިފައިނުވާތީ އެކަމާއި ގުޅިގެން އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ފާޑުކިޔައިފިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިފަދަ އެވޯޑްތަކަކީ ޗެމްޕިއަންސް ލީގުގައި ދައްކާ ކުޅުމަށް ބިނާކޮށް ދެވޭ އެވޯޑުތަކެއް ކަމަށާއި އެހެން މުބާރާތްތަކަކީ މުހިންމު މުބާރާތްތަކެއް މިފަދަ އެވޯޑް ދެވޭއިރު ނުބަލާ ކަމަށެވެ. އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީއިން ވަރަށް ދުރަށް ދަތުރި ކަމަށާއި ސިޓީގެ ކާމިޔާބު ސީޒަނުގައި މުހިންމު ދައުރެއް އަދާކުރި ބަނާޑޯ ސިލްވާ ވެސް އެ ލިސްޓުގައި ނުހިމެނުނު ހައިރާންވާ ކަމަށެވެ.

އެގޮތުން އޭނާއަކީ އިންޑިވިޖުއަލީ ބަލާއިރު މިދިޔަ ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ ކަމަށާއި ޕޯޗުގަލްއާއެކު އޭނާ ނޭޝަންސް ލީގު ވެސް ކާމިޔާބުކުރިކަން ގާޑިއޯލާ ފާހަގަކުރިއެވެ.

މިިިދިޔަ އަށް ސީޒަނުގެ ތެރެއިން ހަތަރު ސީޒަނުގައި ސިޓީއިން ޕްރިމިއާ ލީގު ނަގާފައިވާއިރު އެޓީމުގެ ކުޅުންތެރިޔަކަށް ޕީއެފްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް މިދިޔަ އަށް ސީޒަނުގައި ވެސް ލިބިފައި ނުވެއެވެ. ހަމައެހެންމެ ސިޓީއިން މިދިޔަ ސީޒަނުގައި އިނގިރޭސި ޑޮމެސްޓިކް ތިން ތަށި ވެސް ނެގިއިރު އެޓީމުގެ ކުޅުންތެރިޔަކަށް ފީފާގެ ލިސްޓުން ޖާގަ ނުލިބުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ.

އެކަމަށް އިޝާރާތްކޮށް ގާޑިއޯލާ ބުނީ ސަލާހުއަށް އެވޯޑު ލިބުނު ސީޒަނުގައި ސިޓީގެ ޑެބްރައިނާ މާ މޮޅު ކުޅުމެއް ދެއްކި ކަމަށާއި ރެއާލް މެޑްރިޑާއި ބާސެލޯނާއިން އެއަދަދަށް ތަށި ހޯދައިފިނަމަ އެޓީމުގެ ކުޅުންތެރިޔަކަށް އަބަދުވެސް އެވޯޑު ލިބޭ ކަމަށެވެ.

ގާޑިއޯލާގެ ފާޑުކިޔުން މި ލިސްޓާއި ގުޅޭގޮތުން ފީފާއަށް އަމާޒުވެފައިވާއިރު ފުޓުބޯޅަ އާއިލާގައި ހިމެނޭ އެހެން ފަރާތްތަކުން ވެސް އަންނަނީ މި ލިސްޓަށް ފާޑުކިޔަމުންނެވެ.

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނޮމިނޭޓް ވެފައިވަނީ ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެެޑެން ހަޒާޑް، ސަޑިއޯ މާނޭ، މުހައްމަދު ސަލާހް، ހެރީ ކޭން، ކިލިއަން އެމްބާޕޭ، ވާޖިލް ވެންޑައިކް އަދި މެތިއަސް ޑެލިޓްގެ އިތުރުން ފްރެންކީ ޑެޔޮންގެއެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް