Advertisement
ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 14:33
އޮންކޯ ސްޕެކްޓްރާ 2019
އޮންކޯ ސްޕެކްޓްރާ 2019
އެސްޓީއޯ
ކެންސަރު
ކެންސަރުގެ ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖެއަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
ބޭސް ލިބޭނީ ހިލޭ

ކެންސަރުގެ ފަރުވާއަށް ބޭނުންވާ ބޭސް ފަސޭހައިން ލިބޭނެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން އެ އިންތިޒާމް ހަމަޖައްސާފައިވަނީ "އޮންކޯ ސްޕެކްޓްރާ 2019" ގެ ނަމުގައި އާދިއްތަ ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވުނު ސިމްޕޯސިއަމްގައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މަޝްހޫރު ފާމަސޫތިކަލް ކުންފުންޏެއް ކަމަށްވާ ޑރ. ރެޑްއީޒް މެދުވެރިވެރިއަކަށްވެ ހުރެ އަގުހެޔޮކޮށް ރާއްޖެއަށް ކެންސަރުގެ ފަރުވާއަށް ބޭނުންވާ ބޭސްތައް އަވަސް މުއްދަތެއްގައި ލިބޭނެ ގޮތް ހަމަޖެހިގެންގޮސްފައިވާއިރު ފަރުވާއަށް ބޭނުންވާ ބޭސް ހިލޭ ރައްޔިތުންނަށް ލިބޭނެގޮތް އާސަންދައިން ހަމަޖައްސަ ދީފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

Advertisement

މި އިންތިޒާމް ތައާރަފް ކޮށްފައިވަނީ އެސްޓީއޯ، އާސަންދަ، އަދި މޯލްޑިވްސް ކެންސަރ ސޮސައިޓީ އާއި ގުޅިގެންނެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފުރަތަމަ ކެންސަރުގެ ފަރުވާއަށް ޚާއްސަ ޑޮކްޓާރ، ޑރ. މުހައްމަދް ޝިފާން ވިދާޅުވީ މިއީ ރާއްޖެއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއަދާ ހަމަޔަށް ބޭސް ލިބިފައިވަނީ ވަރަށް ދަތިކޮށްކަމާށާއި ލުއި ފަސޭހަކޮށް އެއްވެސް ހަރަދަކާއި ނުލާ ބޭސް ލިބިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ވަނީ ފާހަގަ ކޮށްފައެވެ.

ސިމްޕޯސިއަމްގައި ނަރުހުންނާއި މި ދާއިރާގެ މާހިރުންނަށް ޚާއްސަ ކުރެވިގެން ސެޝަން ތަކެއް ބޭއްވިގެންދާނެއެވެ. މީ ސިމްޕޯސިއަމްގައި ބައިވެރި ވުމަށް ޓަކާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް